ކޮވިޑަށް ފައްސިވުމުން ރައީސް ސޯލިހުގެ ހެޔޮ ދުއާ މައުމޫނަށް

ކޮވިޑް-19އަށް ފައްސި ވެގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް، ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެޔޮ ދުއާ ފޮނުއްވައިފިއެވެ.
ރައީސް މައުމޫން ކޮވިޑަށް ފައްސިވިކަން އެނގުނީ ރޭގެ ވަގުތެއް ގައެވެ. އަދި ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި އެމަނިކުފާނު އެޑްމިޓްކޮށް، މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ދުއާ ކުރާ ކަމަށެވެ.
މައުމޫންގެ އާއިލާއިން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަދި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވެފައެވެ.