ޚަބަރު ސަރުކާރު ސިޔާސީ

ރައީސް މުޢިއްޒުގެ ސަރުކާރު ތަރުތީބުވަމުން އެދަނީ ޤައުމު ދާންވާ މިސްރާބަށް: މިނިސްޓަރު އިހްސާން

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ތަރުތީބުވަމުން އެދަނީ ޤައުމު ދާންވާ މިސްރާބަށް ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްްޖެއެވެ.

Ads by STELCO

އިހްސާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިހްސާން ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ޓީމްތައް އަތުރަމުން ޤައުމު ދާންވާ މިސްރާބަށް ހުންގާނު އަނބުރަމުން ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ފާޑު ކިޔުމަކީ ބަލައިގަންނަ އަދި މަރުހަބާ ކިޔާ ކަމެއް ކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ބިނާކުރުވަނިވި ފާޑު ކިޔުންތަކުގެ އަލީގައި އަދި ރައީސް ދެއްވާ ފުރިހަމަ އިރުޝާދާއި ނަންގަވާ ޑިސިޝަން ތަކާއެކު އިހްސާން ހަވާލުވެ ހުރި ދާއިރާ ދިވެހި ރައްޔިތުން ޤަބޫލު ކުރާ ނަތީޖާ ދައްކާ ދާއިރާއަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިހްސާންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއި ތާއީދާއި އެއްބާރުލުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް އޮތް ކަން އޭނާ ވަނީ ހާމަ ކުރައްވާފައެވެ.

އިޙްސާން މިހެން ވިދާޅުވެފައިވަނީ, ޕީޕީއެމްގެ ލީޑަޝިޕާ މައްސަލަ ޖެހި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީން ވަކިވެވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!