ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުން ޓެރިފް ކަނޑާލުމަށް މަޝްވަރާކޮށްފިއެވެ.
މިކަމަށް މަޝްވަރާކޮށްފައި ވަނީ މިހާރު ރައީސް ޑރ. މުހައްމަދު މުޢިއްޒު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުރުކީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ ތުޒްކޫއާ ބައްދަލުކުރައްވައި ރާއްޖެއާ އެ ޤައުމާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.
ހަމަ އެހެންމެ ފަސޭހަކަމާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އެ ޤައުމަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޒަމީރު ވިދާޅުވެފައި ވެއެވެ.
މިގޮތުން ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓު ކުރާ އިރު ދައްކަންޖެހޭ ޓެރިފް ކަނޑާލުމަށް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރީގެ ގުޅުން ބަދަހިކޮށް ރާއްޖެއާއި ތުރުކީގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.
ޚާރިޖީ ވަޒީރު އެކަމަށް ކުފޫހަމަނުވާތީއޭ އަދި ކިރިޔާ މަޝްވަރާ ކުރާނީ ފުރަތަމަ ހޯމްވާރކް ހަދާ ދެގައުމުގެ ދެމެދުގައި ރަނގަޅަށް މަޝްވަރާ ކޮށް ކޮންމެވެސް އެއް ގޮތެއް ނިންމާފައި މެނުވީ ދައުލަތުގެ ޚަޒާނާއިން ބޮޑެތި ޚަރަދުކޮށްގެން ރައީސް މީހާ ބޮޑެތި ވަފްދު ގޮވައިގެން ނުޖެހޭނެއޭ ދާން ރާއްޖޭން ބޭރަށް ޚާރިޖީ ވަޒީރު ޒަމީރު އެކަމަށް ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ