ޚަބަރު

އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރުކުރި މައްސަލައިގައި ބަދަލުދޭން ނިންމައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް 2021 ވަނަ އަހަރު އެ ޤައުމުން ހައްޔަރުކުރި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރި މައްސަލައިގައި އެ ޤައުމުން އޭނާއަށް ބަދަލުދޭން ނިންމައިފިއެވެ.

Ads by STELCO

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނާއި ހިލާފުވެފައިވާ ކަމަށް ބުނެ އެ ގައުމުން އަލީ ހައްޔަރުކޮށް ފައިވަނީ 2021 ވަނަ އަހަރު އޮގަސްޓުމަހުގެ ތެރޭގައެވެ. އަދި ވަގުތީ ބަންދެއްގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލިއެވެ.

ރާއްޖެ ވަޑައިގަތުމަށްފަހު އަލީ ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނެވި އިރު ޤަވާއިދާ ހިލާފަށް ބަންދުކޮށްފައިވާތީ އެ މައްސަލައިގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.

މިކަމަށް އިޝާރަތްކޮށް އަލީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަގުތު ނެގި ނަމަވެސް ހައްޤަށް ނަސްރު ލިބޭނެ ކަމަށާއި ހަމްދު ކުރަނީ ހެއްދެވި ފަރާތަށް ކަމަށެވެ.

މީގެ އިތުރުން އަލީގެ ޕޯސްޓުގައި ވަނީ، އިނގިރޭސިވިލާތުން، އޭނާގެ ކިބައިން މަޢާފަށް އެދި، އިނގެރޭސި ސަރުކާރުން އޭނާ ހައްޔަރުކުރީ ޤާނޫނާ ޚިލާފަށްކަން ކަނޑައަޅައި، 20،000 ސްޓާލިންގ ޕައުންޑުން ބަދަލުދޭން ނިންމިކަން ހާމަކޮށްފައެވެ.

ބޭސްފަރުވާއަށްއަށް ކަމަށް ބުނެ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަލީ އިނގެރޭސި ވިލާތަށް ފުރާފައި ވަނީ އޭނާގެ މައްޗަށް ދިވެހި ދައުލަތުން ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައި ވަނިކޮށެވެ.

Ads by Allied Insurance
  1. ކިނބޫ

    ވަގުންނާއި ޚާއިނުންނަށް ދުނިޔެ ވަނީ ތަންމިނަށް ހުޅުވިފަ. ޖަވާބުދާރީ ވާން ޖެހޭ ދުވަހު އެ ފުރުސަތެއް ނޯންނާނެ.