ޕީއެންސީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވަން އާޒިމާ ފޯމު ހުށަހަޅުއްވައިފި
މާލޭގެ މޭޔަރުކަމަށް ވާދަކުރާ، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމާ ޝަކުރު ފޯމު ހުށަހަޅުއްވައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމާ ފޮމު ހަވާލު ކުރައްވާފައިވަނީ ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމްއާއެވެ.
ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި ގުޅިގެން ހައްލު ގެނެސްދެއްވުމަށް ކަމަށެވެ.
އަދި މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކުރިއަށް ގެންދެވުން ކަމަށް އަޒިމާ ވިދާޅުވިއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ކެނޑިޑޭޓުން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްވެސް ނިންމަވާ އެމްޑީޕީއަށް ފޯމް ހުށައަޅާފައިވެއެވެ. މީގެ އިތުރުން މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.