ޚަބަރު ސަރުކާރު

މަޖުބޫރު މާއްދާތަކަށްސަރުކާރުން ފައިސާ ދައްކައިދޭ ގޮތަށް ހަމަޖައްސައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގުރޭޑް 10 ގެ ދަރިވަރުން ހަތަރު މާއްދާއެއްގައި މާއްދާގައި ބައިވެރިވުން މަޖުބޫރު ކަމަށާއި އަދި މާއްދާދާތަކަށް ސަރުކާރުން ފައިސާ ދައްކައިދޭ ގޮތަށް ނިންމައިފިއެވެ.

Ads by MWSC

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މަޖުބޫރު ހަތަރު މާއްދާގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެއްސާއި އިސްލާމާއި ހިސާބުގެ އިތުރުން އިނގިރޭސި މާއްދާގައި ގުރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވުން މަޖުބޫރު ކަމަށެވެ.

އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

މީގެ ކުރިން އޯލެވަލް އިމްތިހާނުގައި ބައިވެރިވާ މާއްދާތަަކަށް ފީ ދެއްކުން ހަމަޖެހިފައި ވަނީ، މަޖުބޫރު މާއްދާތަކުން ފާސް ނުވެއްޖެ ނަމަ އޯލެވެލް އިމްތިހާނުގައި އަމިއްލައަށް ފައިސާ ދައްކަން ޖެހޭ ގޮތަށެވެ.

Ads by Ooredoo
  1. އަބްދޫ

    ރަނގަޅު