ޚަބަރު ސަރުކާރު

މި ނުކުންނަނީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގެ މާލޭގެ ބައި ތަންފީޒު ކުރަން: އާޒިމާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެކަމަނާ ނުކުންނަވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން، މާލެއަށް ޚާއްޞަ ބައި ތަންފީޒު ކުރެއްވުމަށް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކަމަނާ މިހެން ވިދާޅުވީ، މޭޔަރުގެ އިންތިޚާބުގައި ވާދަ ކުރެއްވުމަށް، މިއަދު އިލެކްޝަންސް ކޮމިޝަން(އީސީ) އަށް ފޯމު ހުށަހެޅުއްވުމަށް ފަހު، މީޑިއާއަށް ދެއްވި ބަސްދީގަތުމުގައެވެ. އާޒިމާ ވިދާޅުވީ،

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންވާނެ، އިންތިޚާބު ކާމިޔާބުކޮށްފަ، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތް ކުރާނެ މީހުންނަށް. އަޅުގަނޑުމެންނަކަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށްވުރެ ބޮޑަށް މުހިންމު ކަމެއް ނޯންނާނެ." އާޒިމާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ، އެ މަޤާމުގައި ހުންނެވި ރައީސް ޑރ.މުޢިއްޒު ރާއްޖޭގެ ރައީީސް ކަމަށް އިންތިޚާބުވުމުންނެވެ. އެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ، އާދަމް އާޒިމް އެވެ. އަދި އަމިއްލަ ގޮތުން، ކުރީގެ ޕޮލިސް ކޮމިޝަނަރު، ޙުސައިން ވަޙީދު ވެސް ވާދަ ކުރައްވައެވެ. އޭނާ އަކީ ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓެވެ.

 

 

Ads by Allied Insurance
  1. ޙަބީބު.

    ޢަންހެނަކު ވީމަ ކަޑަ މާލޭގެ މައްސަލަތައް ހައްލު ކުރަން ރަނގަޅީ ފިރިހެނެއް ތިޔަމަގާމައް ހޮވުން

  2. ފަލަސުރުޚީ

    ތިނިކުންނަނީ ހިހޫތަނުންކާލަން. ކުރެވޭނެ އެއްވެސް ކަމެއްނޮއޮންނާނެކަން މާލޭގެ ރައްޔިތުންނަށް އެނގޭ. ދާނީ ޗޮކުން

  3. ރެއްކަބޭ

    މާލޭ މީހުންނަށް ގޯތިދޭން ދެކޮޅުހެދި މީހަކު ތަންފީޒުކުރާނެ މެނިފެސްޓޯއެއް ނޯންނާނެ. މާލޭގެ މޭޔަރުކަން ކީއްކުރަން މާލޭގެ ވަސްޖެހޭ ހިސާބަށްވެސް އަޔަކަނުދޭނަން.