ޚަބަރު

އެއްވެސް މީހެއްގެ ޙައްޤަށް އަރައިނުގަނެ ކެންޕެއިން ކުރުމަށް އިލެކްޝަނުން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ ސިޓީ ބައި-އިިލެކްޝަންގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ޙައްގަކަށް އުނިކަން ނާންނާނެހެން އިންތިޚާބުގެ ކެމްޕެއިންކަންކަން ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ. އެކޮމިޝަނުން މިކަމަށް އިލްތިމާސް ކުރެއްވީ މާލޭސިޓީ ކައުންސިިލުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ads by MWSC

މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރުކަމާއި، ހުސްވެފައިވާ 3 ދާއިރާއަކަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ނަންބަރު ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކެންޑިޑޭޓުންނާ އިލްތިމާސްކޮށް ވިދާޅުވީ، ކޮންމެ ކެންޑިޑޭޓަކުވެސް ކެމްޕެއިން ކުރުމުގައި އެންމެ އިސްކަމެއްދޭން ވާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި، އިންތިޚާބުތައް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޤަވައިދުތަކާއި އުޞޫލުތަކަށް ކަމަށެވެ.

ކެންޑިޑޭޓުންގެ އިތުރުން ޕާޓިތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއްދީ އެއްވެސް މީހެއްގެ އަބުރަށް އަރައި ނުގަތުމާ، އަނެއް ކެންޑިޑޭޓުގެ ޙައްގަށް އުނިކަމެއް ނާންނާނެހެން ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ. އަދި މިފަހަރުގެ ބައި-އިލެކްޝަނުގައި ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަކީ ޤައުމުގެ ޒިންމާދާރު މަތީ މަޤާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންކަމުން އެ ޒިންމާތަކާއެކު ކުރެއްވި މަސައްކަތެކޭ އެއްގޮތައް އިންތިޚާބުގެ ކަންކަން ކުރިއަށްގެންގޮސް މި އިންތިޚާބުގައި ވާދަކުރައްވާ ޒުވާން ކެންޑިޑޭޓުންނަށް ނަމޫނާ ދެއްކުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.

"ދައުލަތުގެ ވަރަށް ޒިންމާދާރު މަގާމަުތަކެއް ތިއްބެވި ބޭފުޅުންތީ އަދި ތިޔަ ނުކުންނަނީ ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ ވެރިކަމަށް އެހެންވީމާ ކޮންމެ ކެނޑިޑޭޓަކުވެސް އަނެކެއްގެ ޙައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ، އަދި މިނޫނަސް އިންތިހާބެއްގެ ކެމްޕެއިންތެރޭގައި ހަމަޔާ އުސޫލުގެ ތެރެއިން ކަންކަން ރާވާ ހިންގުމަކީވެސް މުހިންމުކަމެއް" ހަބީބު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތަޖުރިބާއަށް ބަލައި މި ބައި އިލެކްޝަންވެސް ކާމިޔާބުކަމާއެކީ ކުރިއަށްގެންދިއުމަށް ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާއި، އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓުންވެސް އެ ކެންޑިޑޭޓުގެ ކެމްޕެއިން ޓީމުތަކުން އިލެކްޝަން ކޮމިޝަނަށް އެއްބާރުލުން ދިނުމަށް އެދެއެވެ.

ހަބީބު ވަނީ އިންތިޚާބުގެ ކެމްޕެއިންނަށް ބެނާއާއި ދިދަ ދަމާއިރު، ތިމާވެއްޓަށް ގެއްލުން ނުވާނެހެން މަގުތައް ހަޑި ނުކުރުމަށާއި، މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫ ނުވާނެހެން މިކަންކަން ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ދައުލަތުގެ މީޑީއާއިން ފުރުޞަތުތައް ދިނުމުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ އުޞޫލަކުން ފުރުޞަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިފައެވެ.

"މާލޭގައި ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށް މާލޭގެ ކެންޑިޑޭޓުންނަށް ހަމަހަމަ އުޞޫލަކުން ކުރިއަށްގެންދިއުމަކީވެސް ކުރަން ޖެހޭނެ އަދި ދައުލަތުގެ މީޑީއާއިން ފުރުޞަތު ދެއްވާއިރު ހަމަހަމަ އުސޫލަކުން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު ފުރުޞަތު ދިނުން މުހިންމު. އިލެކްޝަން ކޮމިޝަނަނުން އެއްވެސް ކެންޑިޑޭޓެއް ތަފާތު ނުކުރައްވާނެ. ހެއްކާއެކު ޝަކުވާ ހުށައެޅުން މުހިންމު، މިހާރު ކޮމްޕްލެއިންސް ބިއުރޯ ވަނީ ގާއިމްކޮށްފައި." ހަބީބް ވިދާޅުވިއެވެ.

ކޮންމެ ކެންޑިޑޭޓަކަށްވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އަދި ޝަކުވާ ހުށައަޅާއިރު، ހެއްކާއެކު ހުށައެޅުމަށް އެކޮމިޝަނުން އެދެއެވެ. މީގެއިތުރުން އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގައިވެސް ޝަކުވާ ހުށައެޅުމަށް ޑެސްކްތަކެއް ބަހައްޓާނެއެވެ.

އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒަވަރުން އެ ފަރާތަކަށް އޮންނަ ޒިންމާގެ ތެރެއިން މަސައްކަތް ކުރުމަށާއި، އިންތިޚާބުގެ މަރުކަޒުތަކުގައި ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް އިލެކްޝަން ކޮމިޝަނުން އެދެއެވެ. މިކަމަށް އެކޮމިޝަނުން އެދުނީ މީގެ ކުރީގެ ބައި-އިލެކްޝަން ތަކުގައި މިފަދަ ކަންކަން ފެންނަމުންދާތީއެވެ.

Ads by HDC
  1. ޒިންދާބާދު

    އާޒިމް ޒިންދާބާދު އާޒިމާ ބަރުބާދު ދަ ޑިމޮކްރެޓޭ ކުޑަ ސޮރަށް ހަލާކުހުއްޓޭ އާޒިމް ޒިންދާބާދު އާޒިމާ ބަރުބާދު ދަ ޑިމޮކްރެޓޭ ކުޑަ ސޮރަށް ހަލާކުހުއްޓޭ އާޒިމް ޒިންދާބާދު އާޒިމާ ބަރުބާދު ދަ ޑިމޮކްރެޓޭ ކުޑަ ސޮރަށް ހަލާކުހުއްޓޭ އާޒިމް ޒިންދާބާދު އާޒިމާ ބަރުބާދު ދަ ޑިމޮކްރެޓޭ ކުޑަ ސޮރަށް ހަލާކުހުއްޓޭ އާޒިމް ޒިންދާބާދު އާޒިމާ ބަރުބާދު ދަ ޑިމޮކްރެޓޭ ކުޑަ ސޮރަށް ހަލާކުހުއްޓޭ އާޒިމް ޒިންދާބާދު އާޒިމާ ބަރުބާދު ދަ ޑިމޮކްރެޓޭ ކުޑަ ސޮރަށް ހަލާކުހުއްޓޭ

  2. ބޮޑުވަގެކޭ

    ޓްރާންސްޕޯރޓް ގެ ގަވާއިދު ބުނާ ގޮތުން ނަމަ ދުއްވާ ސައިކަލް އަދި ކާރުގައި ވެސް ސައިލެންސަރުން ބާރު އަޑުގޮވާނަމަ އެފަދަ ސައިކަލް ނުދުއްވޭނެއޭ އެކަމަކު އަޑުބާރު ސައިލެންސަރު ސައިކަލް ތަކުގައި އަޅުވައިވެން ނުކިޔަވާ ތިބި ޖާހިލުން އެސައިކަލް ތަކުގައި ދުއްވާފައިދާ އިރު ކަންފަތް ބީރުވެއޭ ދެން އެގަމާރުން މަޖީދީމަގުގައި ދުއްވާފައިދާއިރު ވެސް އަރި ހުރަހަށް ބާރަށް ދުއްވަމުން ދަނީ އެ ގަމާރުން އެއީ މާމޮޅު ބައެއް ކަމަށް ދެން ތިބި ބަޔަކު ހީކުރާނެ ކަަމަށް ހީކޮށޭ މިކަން އާޒިމް ހައްލު ކުރާނީ ކިހިނެއްތޭ މުއިއްޒު ހެދި ގޮތަށް ޓްރާންސްޕޯރޓް އޮތޯރިޓީގައި ތިބި ބޮޑެތި ވަގުންނާއި ގުޅިގެން ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ ވައްކަން ކުރާނީތޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ

  3. ކޮބައިތޭ

    މާލޭގެ ހުޅަނގު އުތުރު ފަރާތުގައި މިހާރު ވިޔާފާރި ބަނދަރު ފިޔަވާ ދެން ހުރި ހުރިހާ ބަނދަރު ތައް މާލޭން ހުޅުމާލެ ފޭސް ފަހެއް ހަދާ އެތަނަށް ބަދަލު ކުރަން އެބަޖެހޭ މާލޭ ލޮނު ޒިޔާރަތް މަގުގައި މީހުން ދިރިއުޅޭ ގެތަކުގެ ތިރީ ބުރީގައި ބޮޑެތި ކޯލްޑް ސްޓޯރޭޖް ހަދައިގެން ކޮމްޕްރެޝަރު ތައް ބަހައްޓައިގެން އަވަށްޓެރިންނަށާއި އަދި ކުޑަ ކުދިންނަށް އުނދަގޫވާ ގޮތަށް މިކަން ކުރާއިރު މާލެ ސިޓީ ކައުންސިލް މެމްބަރުން ގަމާރު ކަމުން އެމެންނަަށް ސިޓީ ތަރައްގީ ކުރަން ރާވާ ގޮތަކީ ކޮބައިތޭ

  4. ވެންއިޓް

    ބުޅަލުގެ މައްސަލަ އާއި އެއްގޮތަަށް ދެން އާޒިމް ހައްލު ކުރާނީ މާލޭން ކޮން ކަމެއްތޭ އެކަން ކިޔާދޭށޭ ރައްޔިތުންނަށް އާޒިމްގެ މެނިފެސްޓޯ އަކީ ކޮބައިތޭ އަދި މެނިފެސްޓޯ ތައްޔާރު ކުރާއިރު ކަންކަން ކުރާނެ ތާވަލް ތަކާއި އެކު ފިސާރި ފެންވަރުގެ މެނިފެސްޓޯ އެއް ނެރޭށޭ އާޒިމް ވެން އިޓް ކަމްސް ޓު ޔޫ ޑޯން ބީ ބްލައިންޑް ވޮންޓް ޔޫ ސީ އިޓް ފްރޮމް މައި ހާރޓް ވޮންޓް ޔޫ ސޭ ޔޭސް ޖަމްޕް ޖަމްޕް ޖަމްޕް ޖަމްޕް ޑާންސް ޑާންސް ޑާންސް ޑާންސް…

  5. އަނިޔާވެރިއެކޭ

    މާލޭގައި ބުޅާ ތައް ގިނަ ނުވަނީސް އެކަން ހެޔޮ ހިތުން ކޮށްދޭން އާޒިމް ހުށައެޅުމުން އެއިން އެގިގެން ދަނީ މައުނަވީ ގޮތެއްގައި މާލޭގެ މޭޔަރު ކަމުގައި ހުރެގެން އާޒިމް ކަންކަން ހަައްލު ކޮށްދޭނެ ކަމަށޭ އެގޮތުން ބަލާއިރު މާލޭ ދަފްތަރު ގައި ރަޖިސްޓްރީ ކުރުން މުއިއްޒު އުވާލީ އެއީ އެއްގޮތަކަށް ވެސް ބަލަން ޖެހޭ މިންވަރަށް އެއްގޮތަކަށް ވެސް ބަލާފައި ނޫނޭ އެއިން ހައްލުވި އެއްވެސް ކަމެއް ނެތޭ މަމެން އުއްމީދު ކުރަމޭ ދަފްތަރު އަލުން ހުޅުވާލަން އާޒިމް ވައުދުވާނޭ ކަމަށް ކޮށްދޭށޭ މިކަން ކޮށްދޭށޭ މިކަން މުއިއްޒު މިވަނީ އެތައް ބައެއްގެ ވަޒަން ވެރިކަން ވެސް ފޭރިގެންފައޭ އެއީ ބޮޑު އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ މުއިއްޒު އެއީ އަނިޔާވެރިއެކޭ