ޚަބަރު ސަރުކާރު

ރިޕޯޓް ގެއްލިގެން ނޫޅޭ, މެންޑޭޓަށް އައި ބަދަލާއެކު ރިޕޯޓް އޮތް ސައިޓް ބަދަލުވީ: އިޙްސާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ތިބި ބިދޭސީންގެ ބައެއް މައުލޫމާތު ހުރި ރިޕޯޓެއް ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށާއި ނަމަވެސް މެންޑޭޓަށް އައި ބަދަލަކާއެކު އެ ރިޕޯޓް އޮތް ސައިޓު ބަދަލުވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އެއްވެސް މައުލޫމާތެއް ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށާއި އޭރު ސަރުކާރުގެ އެކްޕެޓްސް ވޯކްސްކުރަމުން ގެންދިޔައީ އެކޮނިމިކް މިނިސްޓްރީގެ ދަށުން ކަމަށެވެ. އަދި ރިޕޯޓް އޮތް ސައިޓު ބަދަލުވެފައިވަނީ މެންޑޭޓަށް އައި ބަދަލަކާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އިން ރިޕޯޓް ހޯމްލޭންޑް ސެކިއުރިޓީގެ ވެބްސައިޓުން ލިބޭ ގޮތް ހަދާނަން. މިހާރު ސަރުކާރުގެ މެންޓޭޑަށް އައި ބަދަލާއެކު, އޭރު ސަރުކާރުގެއެކްޕެޓްސް ވޯކްސް ކުރަމުން ގެންދިޔައީ އެކޮނިމިކް މިނިސްޓްރީގެ ދަށުން. އެ މަސައްކަތް މިހާރު މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީގެ ދަށަށް ބަދަލުވި ހިސާބުން އެ ރިޕޯޓު އެމިނިސްޓްރީގެ ވެބްސައިޓުގަ އިން ކަމަށް ފާހަގަކުރެވިގެން އެ ނަގާފަ އަޅުގަނޑުމެންގެ ވެބްސައިޓަށް ހިމަނާނަންއިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ އެހެން ހެދުމުގެ މައިގަނޑު ސަބަބަކީ އެކަމާއި ގުޅޭ ކަންތައްތަކުގައި ޖަވާބުދާރީ ވާން ޖެހޭނެތީ ކަމަށެވެ. އަދި މިހާރު އެކަމާއި ގުޅޭ މުވައްޒަފުންނާއި ޓެކްނިކަލް ޓީމު ތިބީ އެ މިނިސްްޓްރީގައި ކަމަށާއި އޭރުގެ ސަރުކާރުން ނެރުނު ރިޕޯޓު ބަދަލެއް ނުގެނެސް މިނިސްޓްރީގެ ސައިޓުން ފެންނަ ގޮތަށް ހަދާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.

މީގެ އިތުރު ް އެކްސްޕެޓް ރިޕޯޓުގައި އެ ބުނާ އަދަދާއި ބޯޑަރ ކޮންޓްރޯލް ނިޒާމުން ދައްކާ އަދަދު އެއްގޮތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ރިޕޯޓުގައި ބުނާ އަދަދަށް އެކްޓިވް ވޯކް ޕާމިޓް ތިބި ނަމަވެސް އެ އެންމެންނަކީ ރާއްޖޭގައި ތިބި މީހުންނަށް ނުވެދާނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!