Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ: އާޒިމާ

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ: އާޒިމާ

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސިލްސިލާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ “ސަންގު ބަހުސް” ގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ގުޅީފަޅާއި، ގިރާވަރުފަޅުގެ މަސައްކަތަކީ ޕީޕިއެމް/ޕީއެންސީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކޮށްދޭ މަޝްރޫއެއްކަމަށެވެ.

އަދި އެއްވެސް ދަތިކަމެއް ނެތް، ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މިންވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަަން ކަމަށާއި ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް އާޒިމާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މާލެ ސިޓީ ކައުންސިލަކީ މަޖިލިސް ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރަން ވެސް އޮތް ތަނެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ.

“މާލެ ސިޓީ ކައުންސިލަކީ މަޖިލީހެއް ނޫން. ސަރުކާރު ޖަވާބުދާރީ ކުރަން އޮތް ތަނެއް ނޫން. ކައުންސިލްތަކަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން އޮންނަ ތަން. އެ ކޮންސެޕްޓްގަ މަސައްކަތް ކުރެވޭނީ ސަރުކާރާ އެއްކޮށް” އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ކޮންމެ ތަނެއްގައި ވެސް ވަޒަންވެރިވުމަކީ ދުސްތޫރީ ހައްގެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަކަށް ޒަމާނީ ޤައުމެއް ތަރައްގީކުރަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް