ޚަބަރު ސިޔާސީ

މުސާރައާއި އިނާޔަތުގެ ގޮތުގައި މަޖިލިސް މެމްބަރުންނަށް އެއްލައްކަ ރުފިޔާ ދިނުމާ ފާރިސް ދެކޮޅު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް، މެމްބަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް އެމްއާރްއެމްގެ ރައީސް އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމި ނިންމުމާ ގުޅިގެންނެވެ.

މިކަމާ ކަންބޮޑުވުންފާޅުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށް ވުރެ މަދުކުރަން ޖެހޭ ކަމަށެވެ.

އަދި މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ކުޑަކުރަންޖެހޭ ކަމަށާއި، މެމްބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަންޖެހޭ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވަނީ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް/ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން ޢަމަލު ކުރަނީ ހަމަ އެއްގޮތަކަށްކަން ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީކަމަށާއި، މި ނިޒާމު ބަދަލުކުރުމަށް އައު ވިސްނުމެއްގެ މީހުން ހޮވަން ޖެހޭ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިއްތިފާގުން ވަނީ މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ. މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެއެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ލިބޭނެއެވެ.

Ads by HDC
  1. ހާއުފާ

    އަހަރެންވެސް މަޖިލިސް އެކަށީގެންނުވާ މިންވަރަށް ފުޅާވެގެންދާ ދިޔުމާއި އަތްނުފޯރާފަށުން މުސާރައާއި އިނާޔަތްދިނުމާ ދެކޮޅު. ރައްޔިތުންގެ މަޖިލީހުން އެމީހުން އަމިއްލައަށް މުސާރައާއި އިނާޔަތް ކަނޑައެޅުމާ އިމްތިޔާޒު ކަނޑައެޅުމާވެސް ވަރަށްބޮޑަށް ދެކޮޅުހަދަން.

  2. ޥަޒީރު

    ތިޔައީ ބޮޑު ސޮހޮލެއް

  3. ރަހްމަ

    ފާރިސްގެ ވާހަކަފުޅަށް އަށްސަރިބަހާއިސާބަސް