ޚަބަރު ސިޔާސީ

އިސްވެރިންގެ މުސާރަ ބޮޑު ކުރުމާ ނާޒިމު ވެސް ދެކޮޅު!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަޤްލަބިއްޔަތުން މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރިކުރުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ނާޒިމް ވަނީ ގޮވައިލައްވައިފައެވެ.

Ads by Hajj Corporation

ސަރުކާރުގެ އިސްވެރިންގެ މުސާރައަށް ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ބަދަލު ގެނައީ ސަރުކާރުން އެދިގެން ނޫން ކަމަށް ރައީީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވިއެވެ.

ރައީީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން، މުސާރައަށް އިތުރުވާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައީސް، ނައިބު ރައީސް، އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން އެދިފައިނުވާނެ ކަމަށާއި، މުސާރަ ބޮޑު ކުރުމަށް ބޭނުންފުޅުވެނުލައްވާ ކަމަށެވެ.

”އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން އަޅުގަނޑުމެން ނިންމައިފިން.“ ރައީީސް ވިދާޅުވިއެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިއްތިފާޤުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ.

މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެއެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!