މަރުގެ ހުކުމް ތަންފީޒު ކުރަން ރާއްޖޭން ނިންމި ނިންމުން ވަގުތުން އަނބުރާ ގެންދަން ޖެހޭ: ހިއުމަން ރައިޓްސް ވޮޗް
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ރާއްޖޭން ނިންމި ނިންމުން ވަގުތުން ވަގުތަށް އަނބުރާ ގެންދަން ޖެހޭ ކަމަށް ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިގޮތަށް ގޮވާލާފައި މިވަނީ މިދިޔަ ބުދަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުންކަން ހާމަކޮށްފައި ވާތީއެވެ.
އެގޮތުން މިކަމަށް އިޝާރާތްކޮށް އެ ޖަމިއްޔާގެ އެ ސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްިޝިއާ ގޮސްމަން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމިއިރު، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ކޮރަޕްޓުވުން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަރުގެ ހުކުމް ތަންފީޒު ކުރަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުން ވަގުތުން ވަގުތަށް އަނބުރާ ގެންދަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ފެޓްރިޝިއާ ގޮސްމަން ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ މިކަމުގެ ކަންބޮޑުވުންތައް ރާއްޖެއާއި ދުނިޔޭގެ އެތައް ޖަމިއްޔާއަކުން ވެސް އުފުލާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބުނެފައެވެ.
މިގޮތުން މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އަދުލު އިންސާފުގެ ނިޒާމު ސިޔާސީވުމާއި އިންސާފު ހޯދައި ދިނުމުގައި މީގެ ކުރިން ފެއިލްވެފައިވުން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުުރުން މަރުގެ ހުކުމް ތަންފީޒު ކުރުންފަދަ އަނިޔާވެރިކަމާ ދެކޮޅަށް، ދުނިޔޭގެ އެހެން ޝަރުއީ ނިޒާމުތަކެކޭ އެއްގޮތަށް ރާއްޖެއިން ވެސް ތެދުވުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވަނީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރުއެވެ.
ޏނނުޖެހޭނެ ހިއުމަން ރައިޓްސް ފުރަތަމަ ގާޒާ ކުދިންނަށް ހޯދާ ދީފަ ދުނިޔޭގެ އެއްވެސް ބަޔަކު ހިއުމަން ރައިޓއސް އޭވެސް ކިޔަންވާނީ
ހިއުނަންރައިޓުސްވޮޗް
ފަލަސްތީނުގެ ކުޑަކުދިންގެ ހައްޤު ކޮބާބާ
އުމުރުން ދުވަސްވީމީހުންގެ ހައްޤު ކޮބާބާ
ޒުވާނުންގެ ހައްޤު ކޮބާބާ ފުރަތަމަ އެހައްޤުހޯދަދީބަލަ
ދެން ތިޔަބުނާ ހިއުމަންރައިސް އެކަމާއުޅުނީމަރަގަވާނެ
ހިއުމަންރައިޓުސްގެ ގޮވެލިއަކީ އދ ގެ ޗާޓަރާއި ހިލާފު ގޮވެލިއެއް، އދ ޗާޓަރުގައި އޮތީ ދީންތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެކަމަށް، ކޮންމެ ޖަމާޢަތަކަށް ކޮންމެ އިންސާނަކަށް އޭނާގެ ދީނަށް އުޅެވެން ޖެހޭނެކަމަށް ވީއިރު ދިވެހިން ދިވެހިންގެ ދީނަށް އިސްލާމް ދީނަށް އުޅުމާއި ޢަމަލު ކުރުމަކީ ބަޔަކު މީހުން ޖެލެސްވާން ޖެހޭ ވަރުގެ ކަމެއްތޯ !