Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޞާލިޙް ފޭސް 3 ހިއްކުމާއި ރައީސް މުޢިއްޒުގެ ރަސްމާލެ ހިއްކުން: ސީއެމްސީއަށް ކުއްޔައް ލިބޭ ބިން އަޅާކިޔާލުމެއް!

ރައީސް ޞާލިޙް ފޭސް 3 ހިއްކުމާއި ރައީސް މުޢިއްޒުގެ ރަސްމާލެ ހިއްކުން: ސީއެމްސީއަށް ކުއްޔައް ލިބޭ ބިން އަޅާކިޔާލުމެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރަސްމާލެ މަޝްރޫޢުއަށް ފުށިދިއްގަރުފަޅު ހިއްކަން ހަވާލުކޮށްފައިވާ، ސްރީލަންކާގެ ސީއެމްސީ ކުންފުންޏަށް އެ ހިއްކާ ބިމުން، މަސައްކަތުގެ އަގު އަދާކުރާ ކަމަށް އާބަންކޯއިން ހާމަކުރުމާއި އެކު ކުރިމަތި ވަމުންދިޔަ ފާޑުކިޔުންތަކަށް އާބަންކޯއިން، ރައްދު ދީފިއެވެ.

އިއްޔެ އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ވަނީ ރަސްމާލެ ހިއްކަން ޚަރަދު ކުރާ ގޮތުގެ ތަފްސީލް ދެއްވާފައެވެ.

އެގޮތުން ފަޒުލް ވިދާޅުވީ، އެ މަޝްރޫއު އަށް އާބަންކޯއިން ވެސް އަދި ސަރުކާރުންވެސް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ. އެހެނެއް ކަމަކު، އޭގެ ބަދަލުގައި ދޭން ނިންމާފައިވަނީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި، ރަސްމާލެ އިން ހިއްކާ 1153 ހެކްޓަރުން 60 ހެކްޓަރުގެ ބިން ކަމަށެވެ. އަދި އެ ބިން ދޭން ނިންމާފައިވަނީ 99 އަހަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

އެއާއެކު ބައެއް ފަރާތްތަކުން ވަނީ، ސީއެމްސީ އަށް ބިމުން އެއްބައި ދޭންޖެހޭތީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމެން ވެފައި ވަނިކޮށް ހުޅުމާލޭ ފޭސް 3 ހިއްކަން ސީއެމްސީއާ ހަވާލު ކުރީވެސް ބިން ދޭ ގޮތަށްކަން އާބަންކޯއިން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން، ހުޅުމާލެއިން 66 ހެކްޓަރ، ތިލަފުށިން 9.6 ހެކްޓަރު އަދި ދިޔަނެރު ފަޅުން 20 ހެކްޓަރުގެ ބިން ހިއްކަން ސީއެމްސީއާ ހަވާލުކޮށްފައިވަނީ، އޭގެ ބަދަލުގައި، ހުޅުމާލެ އިން 10 ހެކްޓަރ އަދި ތިލަފުށި އިން 9.6 ހެކްޓަރު، ޖުމުލަ 19.6 ހެކްޓަރު ދޭ ގޮތަށެވެ.

އެހެންކަމުން، ދެ މަޝްރޫޢު އިން ބަދަލުގެ ގޮތުގައި ދެވޭ ބިން އަޅާކިޔާލާއިރު، ކޮންޓްރެކްޓަރަށް ދޫކުރެވޭ ހެކްޓަރަކަށް، އާބަންކޯއަށް ލިބޭ ބައި ބޮޑު ވަނީވެސް ރަސްމާލެ މަޝްރޫޢު ގައެވެ. ރައީސް ޞާލިހުގެ ސަރުކާރުން ސީއެމްސީއަށް ދޫކުރި ކޮންމެ ހެކްޓަރެއްގެ ބަދަލުގައި އާބަންކޯއަށް 4.94 ހެކްޓަރު ލިބޭ އިރު، ރަސްމާލެ މަޝްރޫޢުއަށް ސީއެމްސީއަށް ދޫކުރި ކޮންމެ ހެކްޓަރެއްގެ ބަދަލުގައި އާބަންކޯއަށް 14.43 ހެކްޓަރު ލިބެއެވެ.

މީގެ އަނެއް ކޮޅަށް، ހިއްކާ މިންވަރާއި ބަލައި ކޮންޓްރެކްޓަރަށް ލިބޭ މިންވަރެއް ބަލާލާއިރު ސޯލިހުގެ މަޝްރޫޢުއިން ކޮންޓްރެކްޓަރަށް %20 ލިބެއެވެ. ރައީސް މުޢިއްޒުގެ ރަސްމާލެއިން ލިބެނީ %6.07 އެވެ.

މީގެ އިތުރުން، ރަސްމާލެ މަޝްރޫޢުއަށް ބިންހިއްކުމުގެ ބަދަލުގައި އެ ދެވޭ ބިން، އަނބުރާ ހޯދޭނެ ހާލަތްތައްވެސް އެ އެއްބަސްވުމުގައި ހާމަކޮށްފައިވާ ކަން އާބަންކޯ އިން ފާހަގަކުރެއެވެ. އެހެން ނަމަވެސް، ރައީސް ޞާލިހުގެ އެ މަޝްރޫއުގެ އެއްބަސްވުމުގައި ބިން އަނބުރާ ހޯދޭނެ ހާލަތްތައް ހާމަކޮށްފައި ނުވާ ކަމަށް އާބަންކޯއިން މަޢުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް