Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރަސްމާލެ ތަރަައްޤީ ކުރަން އެހެން ތަނަކުން ވެލި ނުނަގާނެ: ފަޒުލް

ރަސްމާލެ ތަރަައްޤީ ކުރަން އެހެން ތަނަކުން ވެލި ނުނަގާނެ: ފަޒުލް

މިސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީކުރުމަށްޓަކައި އެހެން ސަރަހައްދަކުން ވެލި ނުނަގާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވެފައި މިވަނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި އެތަން ތަރައްގީކުރަން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ މައުލޫމާތު ހޯދަން މަޖިލީހަށް ތަޅުމަށް މިއަދު ހުށަހެޅި މައްސަލައިގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ބައެއް މަޖިލިސް މެންބަރުން ތުހުމަތުކުރެއްވި ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކަނީ ގުޅިފަޅާއި ގިރާފަޅު ހިއްކުމަށް ވެލި ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުންނެވެ. މެންބަރުން ވާހަަކަތައް ދޮގުކުރައްވަމުން ފަޒުލް ވިދާޅުވީ ރަސްމާލެ ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ގުޅިފަޅާއި ގިރާވަރުފަޅާއި ތިލަފުށި އަދި ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނުގެންދާ ކަމަށެވެ. "ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މިމަސައްކަތް ކުށްވެރިކުރަން" ފަޒުލް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް