Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭގައި މަދިރި މަދުކުރަން ސާފު ކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި

ހުޅުމާލޭގައި މަދިރި މަދުކުރަން ސާފު ކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖެގައި ގިނަވަމުން ދާތީ މަދިރި މަދުކުރަން އާބަންކޯ އިސްވެ ހުރެ ބޮޑު ހަރަކާތެއް ފަަށައިފި އެވެ.

އާބަންކޯ އިން މި ހަރަކާތް ފަށައިފާވަނި މިއަދު ހެނދުނު އެވެ. ސާފު ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވަމުން އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމ ވިދާޅުވީ އާބަންކޯގެ މުވައްޒަފުން އިސްނަގައިގެން ފެށި މި ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ބައިވެރިވެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ހުޅުމާލެ ސާފްކުރުމުގެ މަސައްކަތް އާބަންކޯ އިން ކުރިއަށް ގެންދަނީ 15 ޓީމަކަށް ބަހާލައިގެންނެވެ، މި ހަރަކާތް ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ކުރިއަށް ދާނެ އެވެ. ސާފު ކުރުމުގެ މި ހަރަކާތުން މިހާރު ވެސް 60 ޓަނުގެ ކުނި ނަގާފަ އެވެ.

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިޔާ ވަނީ ރާއްޖޭން ފެނިފަ އެވެ. އެހެންވެ ސަރުކާރުން ވަނީ މިކަން ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް