Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕާކުކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތަކީ ޕާކިން ބިލްޑިންގ ގާއިމްކުރުން: އާޒިމާ

ޕާކުކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތަކީ ޕާކިން ބިލްޑިންގ ގާއިމްކުރުން: އާޒިމާ

ޕާކުކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތަކީ ޕާކިން ބިލްޑިންގ ގާއިމްކުރުން ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތި އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީގެ ”ސަންގު ބަހުސް” ގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގައިވެސް އަދި ކޮންމެ ތަނެއްގައިވެސް ގާނޫނެއް ހަދާފައިވާނަމަ އެ ގާނޫނެއް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

އަދި ޕާކުކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މި ސަރުކާރުގެ ސިޔާސަތަކީ ޕާކިން ބިލްޑިންގ ކަމަށާއި އަދި އެމަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އާޒިމާ ވިދާޅުވީ މޭޔަރުކަން ލިބިއްޖެ ނަމަ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްޓާ ޕްލޭނެއް ތައާރަފުކުރައްވާނެ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް