ޚަބަރު ސަރުކާރު

މިއަދުން ފެށިގެން އަހަރަކު 2 ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އާސަންދައިގެ ދަށުން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި މި ޗެކަޕްތަކުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް 6 މަސްފަހުން އަހަރުތެރޭގައި 2 ވަނަ ފަހަރަށް މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މިޚިދުމަތް ފެށޭނީ 1 އޭޕްރިލް 2024 ގައި ކަަމަށެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މިޚިދުމަތް ފެށޭނީ 1 ޖުލައި 2024 ގައެވެ.

މި ޗެކަޕްގެ ޕެކޭޖުތައް އެކުލަވައިލުމުގައި ވޭތުވެދިޔަ ތިން އަހަރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުންގެ އަދަދާއި އުމުރުފުރާގެ މައްޗަށް ބަލާފައިވާ ކަމަށާއި، އަދި އެކަމަށް ފަންނީ ބޭފުޅުންގެ ލަފާ ހޯދި ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.

"މިޕެކޭޖްތައް އެކުލަވާލާފައިވަނީ ގައިންގަޔަށް ނާރާ ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ބޮޑެތި ބަލިތައް ދެނެގަނެވޭނެފަދަ ގޮތަކަށާއި އަދި މި ޚިދުމަތް ތަންފީޒުކުރަން ފެށުމަށްފަހު މުރާޖަޢާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ ފަންނީ ބޭފުޅުންގެ އިރުޝާދާއެކު ޕެކޭޖްތައް މުރާޖަޢާކުރެވޭނެ" ޒީނިޔާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިންތިޒާމް ހަމަޖައްސަވާދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

Ads by HDC
  1. ތިބޭތި

    ދެހާސް ތޭވީސް އެއީ ދުނިޔޭގެ އެދުން ދެކެލޯބިވާ ރަނގަޅަށް ފިތުރަތުގެ އުސޫލު ތައް ގަބޫލުނުކުރާ މީހުން ގަބޫލުކުރާނެ ގޮތޭ އެމްޑީޕީގެ ވެރިކަމަކީ އެއީ އިބޫ އަށް އެޕާރޓީގެ މެމްބަރުން ދިން ވެރިކަމެއް ނޫނޭ އެއީ ކެނެރީގެ ނަޝީދަށް ދިން ވެރިކަމެއް ދެން ޕީޕީއެމްގެ ރައީސް ޔާންޓޭ އަށް ދިން ވޯޓެއް އެއީ މުއިއްޒު އަށް ދިނީ ދިނުމުން އެމެންއެވަނީ ޚިޔާނާތް ތެރިވެފައޭ މުއިއްޒު އަށް މިއަހަރު ކުރީކޮޅު ޝައިތާނާ ދައްކާނެ ހުވަފެން އެކަމަކު އެބަދަލުވާނެ ހިތިހަބަރަށް ބަލަން ތިބޭތި މިކަން މިހެން ނުވެދާނެތޯ

  2. ދިސްވޭ

    އެންމެ ބޯކޮށް ހުޅުލެއަށް ވާރޭ ވެެހުނީ އެއީ ކިއެއްވެތޭ ރާއްޖޭގެ މޫސުން ބަދަލުވަމުންދާ ގޮތުން އެގޮތަށް ވުމަކީ އެކަށީގެންވާ ކަމެކޭ މާލެ ސަރަހައްދުން އެންމެ އިރުމަތީ ބިތުގައި އޮތް ތަނަކީ ހުޅުލެ އާއި އަދި ހުޅުމާލެ މިހާރު މިހިނގަމުންދަނީ އިރުވައި މޫސުމޭ ވައިޖެހެނީ އިރުދެކުނުން ކަމަށްވާތީވެ ފުރަތަމަ ވިލާ ގަނޑު ބޯމަތިވާނީ ހުޅުލެއަށޭ އެއަށް ފަހު ދެވަނަ އަށް ހުޅުމާލެ އަށް ދެން މާލެ އަށް އެންމެ ގިނަވާރޭ ވެހޭނެ ކަމަށް ބެލެވެނީ ފުނަދޫ ވެސް ހިމެނޭނެއޭ އަދި މެރިއޮޓް ފުލްމޫން ވެސް ހިމެނޭނެއޭ ގިނައިން ވާރޭ ވެހުނު ތަންތަނުގެ ތެރޭގައި…

  3. އެބައާދޭ

    މިރާއްޖެ ދަތުރު ކުރަމުން މިދަނީ އެއީ އެއީ މުނާފިގު ފިކުރާއި ދިމާލަށޭ އޮޅުވާލާ މަކަރާއި ހީލަތް ހެދުން އިންތިހާ އަށް ފިރުއައުނު ތިއަރީއޭ މިފަދަ ބަޔަކު ރައީސް އޮފީހުގެ އެންމެ އިސްމަގާމް ތަކުގައި ތިބެ އެމެން ވެރިކަމަށް ގެންނަން ދެކޮޅު ހެދި އެންމެނަށް ސަރުކާރުގެ މަގާމްތައް ދީ އަދި ރާއްޖޭގެ ބިން ތައް ލަންކާގެ ކުންފުންނަކަށް ހިލޭދީގެން އެބިންތައް ބޭރުމީހުންނަށް ވިއްކާލާ ކަޓްނަގާ އެފައިސާއިން މެމްބަރުން ގަތުން އެކަން ދަންނަ ފަރާތުން ދަންނާނެއޭ ނިމުން ހީވެސް ނުކުރާ އަވަސް ވާނެއޭ ބަލަން ތިބޭ ބަޔަކަށް އެކަން ފެންނާނެއޭ މަމެންނަށް ފެނޭ އެތަން މިހާރުވެސް ރޯމާ ދުވާލު އިރު ފެންނަ ފަދައިން ފެނެއޭ އެކަން ހުއްޓުވަން މުއިއްޒު އަށް ވެސް އަދި އަދުރޭ އަށް ވެސް އަދި އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ އެއީ ފިތުރަތުގެ ގާނޫނުގައި އެކަން ލިޔެވިފައި އޮންނަ ގޮތޭ ދުނިޔެ މަތީގައި މީހުންނަށް ބޮނޑި އާއި ދެރަ ދޭ މީހުންނަށް މަތީ ފަރާތުން އޭގެ ފުރިހަމަ ސަޒާ ދެއްވާނެ ކަން ކީރިތު ޤުރުއާނުގައި ވަހީއެއްގެ ގޮތުގައި ލިޔެވިފައި އޮންނަނީ އެއީ ހަގީގަތެއް ކަން އިންސާނުންނަށް ދަސްކޮށް ދިނުމަށޭ…

  4. ޔަގީނޭ

    އިވޭ އަޑުތަކުގެ ތެދުދޮގު ބަލަން މުއިއްޒު ގާތު ނޫސްވެރިން އެހިއޭ އޭނާ ވެރިކަމަށް އައިސް ރައީސް ޔާންޓޭ ދޫކުރާނަމޭ އޭނާ އާންމު ތަންތާނގައި ޕީޕީއެމް މެމްބަރުންނަށް އޮޅުވާލަން އެވާހަކަ ދައްކާ އެންމެ ފަހުން ވެރިކަމަށް އައިސް އޭނާ ހީކުރަނީ އޭނާގެ ވެރިކަމަށް ހުރި ބިރެއް ކަމަށޭ ރައީސް ޔާންޓޭ ދެން ނޫސްވެރިން އެވާހަކަ އެހުމުން އޭނާ ބުނީ ތިމަންނާ ބޭނުމެއް ނޫނޭ އެއަށް ޖަވާބުދޭން މިފެންވަރުގެ ތެދުވެރިކަމެއް ނެތް މީހުންނޭ ނިކުމެ މިއަދު މިފެލި ނަގަނީދޯ މުއިއްޒު ޖެހޭނީ އަޒުލްކުރަން އެނޫން އެއްގޮތެއް ވެސް އޮވެގެން ނުވާނެއޭ އެމަގުން އެކަން މަޖްލީހުން ހިންގަން ޖެހޭނެއޭ އެނޫންނަމަ އޭނާގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމޭއިރު ރާއްޖެ ލަންކާ އޮތް ދަރަޖަ އަށް ވެއްޓޭނެ ކަން އެއީ ޔަގީންކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ