އާ އަހަރުގެ މުނާސަބަތުގައި އުރީދޫން އާ އޮފާތަކެއް، އެކްޓިވޭޓް ކުރުން މިރޭ ބާރަ ޖަހަންދެން

އާ އަހަރުގެ މުނާސަބަތުގައި އުރީދޫން އާ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
މިކަން ހާމަކޮށް އުރީދޫ އިން ބުނީ މި އޮފާތައް އެކްޓިވޭޓު ކުރެވޭނީ މިރޭ 12 ޖަހަންދެން ކަމަށެވެ.
އެގޮތުން އާ އަހަރުގެ މުނާސަބަތުގައި އުރީދޫން ތައާރަފުކުރި 5ޖީ ޑޭޓާތަކުގެ ތެރޭގައި 600ރ. އަށް 30 ދުވަހަށް 54 ޖީބީ ލިބޭ އޮފާއަކާއި 750ރ. އަށް 30 ދުވަހަށް 120ޖީބީ ލިބޭ އޮފާއަކާއި 1100ރ. އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ ލިބޭ އޮފާއެއް ހިމެނެ އެވެ.
ހަމަ އެހެންމެ އާ އަހަރުގެ މުނާސަބަަތުގައި ތައާރަފުކުރި 25ރ. އަށް 24 ގަޑިއިރަށް 24 ޖީބީ ލިބޭ ޕްލޭންއިން އުރީދޫގެ ހުރިހާ ނަމްބަރުތަކަށް 24 ގަޑިއިރު ވަންދެން ހިލޭ ގުޅޭނެ ކަމަށާއި އަންލިމިޓެޑްކޮށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ސުޕަނެޓް ކަސްޓަމަރުންގެ ތެރެއިން 400ރ އިން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް 100ޖީބީ ބޯނަސް ޑޭޓާ ތިން މަހަށް ބޭނުން ކުރެވޭނެ އޮފާ އެއް އުރީދޫން ތައާރަފު ކޮށްފައިވާއިރު، އާ އަހަރުގެ މުނާސަބަތުގައި އަލަށް އެއާފައިބާ ނަގާ ކަސްޓަމަރުންނަށް އެއާފައިބާ ޑިވައިސް ހިލޭ ލިބުމުގެ އޮފާއެއް ވެސް ވަނީ އެ ކުންފުނިން ތައާރަފުކޮށްފައެވެ.