Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ލަފާކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ: ޠާރިޤު

މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ލަފާކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ: ޠާރިޤު

މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ލަފާކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އިއްޔެ ވެރިރަށް މާލޭގެ މަގުތައް ފެނުއަޑީގައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށެވެ.
އެގޮތުން މެޓް އޮފީހުގެ ރެކޯޑުތަކާއި ހަވާލާދީ ޠާރިޤް ވިދާޅުވީ މާލެ ސިޓީ އާއި ހުޅުލެއަށް މިހާތަނަށް ރެކޯޑް ކުރެވިފައިވާ މިންވަރަކަށް ގިނައިން އިއްޔެ ވާރޭ ވެހިފައިވާ ކަމަށެވެ.

ހަމަ އެހެންމެ މިފަދަ ކާރިސާތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ހަނދާން އާކޮށްދޭ ކަމަށް ޠާރިޤް ވަނީ ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ރައީސް މުޢިއްޒުގެ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ލަފާކުރުމުގެ ޤާބިލުކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތައް ޤައުމީ ޕްލޭނިންގައި ހިމަނާނެ ކަމަށާއި މިފަދަ ކާރިސާތަކުން އަރައިގަތުމަށް މި ސަރުކާރުން އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރާނެ ކަމަށް ޠާރިޤް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް