ދުނިޔެ

ޖަޕާނަށް އައި ބިންހެލުން: މަރުވި މީހުންގެ އަދަދު 48އަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖަޕާނުގެ މެދުތެރެއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 48 އަށް އަރައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، 7.6 މެގްނިޓިއުޑްގެ ބާރު މިނުގައި، ޖަޕާނުގެ އިޝިކަވާއަށް ހޯމަ ދުވަހު އައި މި ބިންހެލުމާއިއެކު، ގިނަ ބަޔަކު މަރުވެފައި ވަނީ ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެންނެވެ.

މި ބާރުގަދަ ބިންހެލުމަށްފަހުގައި، 140 ކުދި ލޮޅުންތައް އެރި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ބިންހެލުމާއިއެކު ބައެއް އިމާރާތްތައް ބިމާއި ހަމަވެ، މަގުތަކުގައި ވަނީ ބޮޑެތި ރެނދުތައް ލައިފައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އޮފިޝަލުންނާއި ޙަވާލާދީ، ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި، ސަލާމަތް ކުރަން އަންނާނެކަމުގެ އުއްމީދުގައި، އިމާރާާތްތަކުގެ ދަށުގައި ތާށިވެފައި، އަދިވެސް 100އަށްވުރެ ގިނަ މީހުން ތިބިކަމަށް ބެލެވޭ ކަމަށެވެ.

މިދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، މީހުން ސަލާމަތް ކުރުމަށް ކަމަށް ޖަޕާނު ސަރުކާރުން ބުނެއެވެ.

Ads by Allied Insurance
  1. Fantastic website! There’s a ton of helpful information on it that I’m forwarding to a few acquaintances and also posting on Delicious. I appreciate all of your hard work.