ޚަބަރު

އާޒިމާގެ ބަހުގެ ހަމަލާތަކެއް؛ ގުޑުވައެއް ނުލެވޭނެ، އަޒުމް ވަރުގަދަވާނެ

އަލީ ސަމާޙް ، ދެން އޮންލައިން
މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު/ ފޮޓޯ: ވަގުތު

އޭނާ ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ކަމަށާއި، ގުޑުވާލުމަކީ އެހާ ފަސޭހައިންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ރޭހުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝުކޫރު އިދިކޮޅު ފަރާތަތަކަށް ބަހުގެ ހަމަލާތައް ފޮނުވައިފިއެވެ.

Ads by STELCO

ރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިޝަން ކޮމްޕްލީޓް ކުރުމަށްޓަކައި އަދި ތަފާތެއް ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.

''އަޒުމް ވަރުގަދަ. ގުޑުމާލުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ'' އާޒިމާ ވިދާޅުވީ މާލޭގައި ހުރި މައްސަލަތައް ހައްލުނުކޮށް ރާއްޖޭގައި ހުރި އެހެނިގެން މައްސަލަތައް ހައްލުކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.

ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރާ މަސައްކަތްތައް ފެށޭނީވެސް އަދި ނިމޭނީވެސް މާލެއިން ކަމަށެ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ މި ފަހަކަށް އައިސް މާލެ ސިޓީ ވެފައިވަނީ ސަރުކާރާ އިދިކޮޅާ ދޭތެރެ ފިއްތާލެވިފައި އޮތް ބްރިޖަކަށް ކަމަށެވެ.

މާލެ ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ޗޮއިސް އެއް ކަމަށާއި އެއީ މި ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމަށް އެހީތެރިވެވޭނެ ވަރުގެ މީހަކު އިންތިހާބު ކުރުންތޯ ނޫނީ 2028 ވަނަ އަހަރާ ހަމަޔަށް ސަރުކާރުން ވައްޓާލަން ބަޔަކުކުކުރާ މަސައްކަތަށް އެހީތެރިވާނެ ބަޔަކު ހޯދުންތޯ ކަމަށް ވިދާޅުވިއެވެ.

''ޒާތީވާން ޖެހުނީމަ ޒާތީވެސް ވާނަން''

އާޒިމާ ވިދާޅުވި ގޮތުންނަމަ އޭނާ އަކީ ޕޯޑިއަމްތަކުގައި ޒާތީވާ މީހެއް ނޫނެވެ. އަދި ޒާތީ ޖަވާބުވެސް ދެއްވާނެ މީހެއްވެސް ނޫން ކަމަށެވެ.

''ޒާތީވާން ޖެހުނީމާ ޒާތީވާން އެނގޭނެ. އަޅުގަނޑާ ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑަކީ އަޅުގަނޑު ހުންނަ ގޮތެއްގައި ހުންނަ މީހަކަށްވާކަށް'' ކިތަންމެ މަސައްކަތެއް ކުރިއަސް ބަދަލުނުކުރެވޭނެ ކަމަށާއި އޭނާ ހުންނެވީ ވަރަށް ސާބިތުކޮށް ރައީސް މުއިއްޒު އަރިހުގައި ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު އާޒިމާ ވަނީ އޭނާގެ ދަރިފުޅާ ބެހޭ ގޮތުން ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަކޮށްފައެވެ.

''އެކަމުގެ ސަބަބުން އަޅުގަނޑަށް އަޅުގަނޑުގެ ދަރިފުޅަށް އަޅުގަނޑުގެ އާއިލާއަށް ހަމަލާއެއް ދިނަސް އަޅުގަނޑު ގުޑުވައެއް ނުލެވޭނެ. އިހުލާސްތެރިކަން ސާބިތުކަން ދެއްކި މީހެއް''

އާޒިމާ ވިދާޅުވި އޭނާގެ ވާދަވެރިންގެ 22 މައްސަލަ އޭސީސީގައި އެބައޮތް ކަމަށާއި ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް ނޯއްނާޏެ ކަމަށެވެ. ވާދަވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ރައީސްއަށް ހަމަލާދީގެން ވަޒީފާއިން ވަކިކުރި ބޭފުޅުން ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތައް ފޮނުއްވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން އާޒިމާއަށް  ވަނީ ހުކުމް ކޮށްފައެވެ. އެކަމަށް އިޝާރަތް ކުރައްވާ ވިދާޅުވީ އޭނާ އަކީ  އަމިއްލަ މަސައްކަތުން އެހިސާބަަށް އައިސްފައި ހުރި އެކަނިވެރިމައެއް ކަމަށެވެ.

Ads by Allied Insurance
  1. މިހާރުވެސް ތިހިރީ ގުޑާފަ. އިތުރަށް ގުޑުވާކަށް ނޫޅޭ. ލަލަލާ. ކާކުތަމީ. މޭޔަރުކަމަށް އަންނަންށޯ!

  2. ހޯތީމް

    މުއިއްޒުގެ ކަނޑުކޮސްކަމުން މިދައިތަ މިނެގީ.