Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދައުރު ނޫހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރު އާޒިމާ ދެއްވައިފި

ދައުރު ނޫހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރު އާޒިމާ ދެއްވައިފި

އޮންލައިން ނޫސް "ދައުރު"ގައި ޝާއިރު ކުރި ލިޔުމަކާއި ގުޅިގެން, ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރައްވާ އާޒިމާ ޝުކޫރު މިއަދު ދެއްވައިފިއެވެ.

"ދައުރު" ނޫހުން މިއަދު ވަނީ އާޒިމާގެ މައްޗަށް އަމިއްލަ ކުންފުންޏަކުން 1.9 މިލިޔަން ރުފިޔާ ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ, ދައުރު ނޫހުން އެކަމުގައި އަމަލުކޮށްފައިވަނީ ނޫސްވެރިކަމުގެ މިންގަނޑާ ޚިލާފަށް ކަމަށެވެ. އެގޮތުން އެ ރިޕޯޓް ޖެހުމުގެ ކުރިން އާޒިމާއަށް ގުޅި ކަމަށާއި, އޭނާގެ ލޯޔަރާ ވާހަކަ ދެއްކުމަށް އެދުނު ކަމަށް ބުނި ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެ ނޫހުން ލޯޔަރަށް ގުޅި ކަމަށާއި, ލޯޔަރު ވިދާޅުވީ އެކަން ސާފުކުރަން ވަގުތު ދޭން ކަމަށެވެ. ނަމަވެސް އެޑިޓަރުންގެ ޕްރެޝަރާ ހެދި ލޯޔަރުގެ ބަހެއް ނެތި ޚަބަރު ޕަބްލިޝް ކުރަން ޖެހުނު ކަމަށް ނޫސްވެރިޔާ ބުނި ކަމަށް އާޒިމާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

[caption id="attachment_208530" align="alignnone" width="690"]<img class="size-large wp-image-208530" src="https://cdn.dhen.mv/wp-content/uploads/2024/01/photo_2024-01-04-19.37.24-1024x682.jpeg" alt="" width="690" height="460" /> ދައުރު ނޫހުން މިއަދު އާޒިމާއާ ސުވާލު ކުރަނީ[/caption]

އާޒިމާ އިތުރަށް ވިދާޅުވީ ޖިނާއީ އިޖުރާތްތަކުގެ ޤާނޫނުގެ ތެރެއިން މިފަދަ މައްސަލައެއްގައި ހުކުމް އިއްވޭނީ, ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާ, އުޅޭ ތަނުގައި ނޯޓިސް ހަރުކޮށް, އަދި ހޯދުމަށް އިއުލާންކޮށްގެން ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ނެތި, މި މައްސަލައިގައި ހުކުމެއް ކުރަން އުޅޭކަން ނޫހަށް އިނގުނު ގޮތެއް ހޯދަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"މިއަދު މިިކުރެވުނު ކަމަކީ ތެދެއް ކަަމަށް ވިޔަސް, ދޮގެއް ކަމަށް ވިޔަސް, ކުރެވުނު ކަމަކީ އަޅުގަނޑުގެ އިންތިޚާބަށް ދައުރު ނޫހުން ނުފޫޒު ފޯރުވީ. އެކަމެއް އަޅުގަނޑު ދުލެއް ނުކުރާނަން. އަޅުގަނޑުމެން މިހާރު ކޯޓަށް ހުށަހަޅާފައި އޮންނާނެ މިކަން ވެރިފައި ކުރަން. އަޅުގަނޑާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފޯރުވައިފިނަމަ އަބުރުގެ ދައުވާ ވެސް ކުރާނަން. ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނަން." އާޒިމާ ވިދާޅުވއިެވެ.

"އަޅުގަނޑުމެން އަތުގައި ރެކޯޑިން އެބައޮތޭ. ވަކީ ވިދާޅުވީ ތިމަންނައަށް ދޭށޭ ވަގުތުކޮޅެއް ތިކަން ސާފުކޮށްލަން. އެހެން ވިދާޅުވެފަ އަޅުގަޑައ ފޯންކުރީ. ތިމަންނަ އެހެން ބުނެފީމޭ. އޭރު އަޅުގަޑު އިނީ ކާރުގަ މާލެ އަންނަން. ފޯނުކޮށްފަ ދެން އަޅުގަޑު ބެލިއިރު އޮތީ އާޓިކަލް ޖަހާފަ. އަޅުގަޑުގެ ވަކީލް ގުޅި ތިކޮޅަށް. އަޅުގަޑުގެ ވަކީލް އެއްސެވީ ކީއްވެހޭ ތިމަންނައަށް ޖަވާބުދާރީ ވާން ފުރުސަތު ނުދީ އާޓިކަލް ޖެހީ. ބުނީމަ ބުނީ އެޑިޓޯރިއަލްއިން ތިމަންނައަށް ޕްރެޝަރ ކުރާތީއޭ." އާޒިމާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް