Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ދެއްވީ ފަސް އަހަރު ނިމޭއިރު ގެދޮރު ނުލިބޭ މީހަކު މާލޭގައި ނުހުންނާނެ ކަމުގެ ޔަޤީންކަން

ރައީސް ދެއްވީ ފަސް އަހަރު ނިމޭއިރު ގެދޮރު ނުލިބޭ މީހަކު މާލޭގައި ނުހުންނާނެ ކަމުގެ ޔަޤީންކަން

މި ފަސް އަހަރު ނިމޭއިރު މާލޭ ސަރަހައްދުގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ކޮންގްރެސް ޕާޓީގެ މޭޔަރ ކެނޑިޑޭޓް އާޒިމާ ޝްކޫރުގެ މެނިފެސްޓޯ ލޯންޗް ކުރުމަށް މިރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މާލޭ ސަރަހައްދަށް މިހާރު ކުރިޔަށްދާ ޕްރޮޖެކްޓްތައް ނިމުމުން ގެދޮރުވެރިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށެވެ.

އެގޮތުން ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅާއި, ރަސްމާލެ ހިއްކާ ނިމުމުން އެތަނުން ގޯއްޗާއި ބިން ލިބޭނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ކުޑަ އިންޓްރެސްޓްގައި ސަރުކާރުން ލޯނުތައް ދޫކުރަން ނިންމާފައިވާ ކަމަށާއި, ގެދޮރު އިމާރާތް ކުރަން އެކަމުން އެހީވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"ބާރު ސްޕީޑްގައި އަޅުގަނޑުމެންގެ މަސައްކަތްތައް މި ދަނީ. ކުރިއަށް. ގެދޮރުގެ މައްސަލަައަށް އެންމެ އިސްކަމެއް ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއް ވެސް ބޭކާރުކޮށް ނުލާ މި ގެންދަނީ ބާރު ސްޕީޑްގައި" ރައީސް ވިދާޅުވިއެވެ.

ހަމަ އެންމެ ދިވެހި ރައްޔިތަކު ވެސް ނުހުންނާނެ، އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް."

ރައީސް އިތުރަށް ވިދާޅުވީ, މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ބޭނުންފުޅުވަނީ ސިޓީ ކައުންސިލްގެ މެދުވެރިކޮށް ކަމަށާއި އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް މުހިންމު ކަމަށެވެ. އަދި އެ ކެނޑިޑޭޓަކީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް އާޒިމާ ކަަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް