Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

މޭޔަރު ކަމަށް ނިކުތީ ރައީސް މުއިއްޒުގެ އަރިހުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގެ މަގުސަދުގަ: އާޒިމާ

މޭޔަރު ކަމަށް ނިކުތީ ރައީސް މުއިއްޒުގެ އަރިހުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގެ މަގުސަދުގަ: އާޒިމާ
މާލޭގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި ހުންނަވައިގެން ދައުލަތަށް ހިދުމަތްކޮށްދެއްވުމުގެ މަގުސަދާއި އަޒުމުގައިކަމަށް އެ މަގާމަަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. ވިލިމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ރައްޔިތުންނަށް ވިސްނުންތަކަކާއި އެ މުސްތަގުބަލް ތަންފީޒު ކުރުމަށްޓަކައި ކުރައްވާ މަސައްކަތުގެ ސްޕީޑް ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނޭ ކަމަށެވެ. އަދި ސަރުކާރުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެހެންކަމުން ސަރުކާރަކާއި ހަވާލުވެގެން މަސައްކަތް ފަށައިގަތުމުން ހުންނާނެ މައްސަލަތައް ތަސައްވުރު ކުރެވޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.
"ހާއްސަގޮތެއްގަ ދިވެހި ދަޢުލަތް އަޅުގަނޑުމެންނާ ހަވާލުވެގެން ދިޔައިރު އިޤްތިސާދީ ގޮތުން އޮތް ހާލަތާއި އަދި ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި އޮތް ހާލަތު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނެ" އާޒިމާ ވިދާޅުވިއެވެ.
މާޔަރަލް ރޭހަށް ނުކުމެވަޑައިގަތީ ރައީސް މުއިއްޒުގެ އަރިހުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގެ މަގުސަދާއި އެ އަޒުމުގައިކަމަށާއި މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވީ ތަސައްވުރެއް އޮވެ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭންޖެހޭކަން ގަބޫލުކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ދަންނަވަމުން މި ގެންދަވާ ވާހަކައަކީ މިއަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވީ ތަސައްވުރެއް އޮވެގެންނޭ. ރައްޔިތުންނަށް ކޮށްދޭން ޖެހޭ ހޮދުމަތްތަކެއް ހުރި ކަން ގަބޫލުކޮށްގެން. ހިތުމަތްތެރިންގެ ގޮތުގައޭ" އާޒިމާ ވިދާޅުވިއެވެ.
މާލޭގެ މޭޔަރަލް ކެމްޕެއިން ކާމިޔާބުކުރެވިއްޖެ ހާލަތުގައި ތަފާތުތަކެއް ދައްކަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އާޒިމާ ފާހަަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް