ޚަބަރު ސިޔާސީ

ޤުރުއާނުގައި ބަޔާާންކޮށްފައިވާ ޙުކުމެއްގެ ބާރު ކަނޑުވައިލަން ވާހަކަ ދެއްކުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން: ޒައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކީރިތި ޤުރުއާނުގައި ސަރީޚަ ނައްސުން ބަޔާާންކޮށްފައިވާ ޙުކުމެއްގެ ބާރު ކަނޑުވައިލުމަށް، އެ ޙުކުމަކާއި ދެކޮޅަށް ވަކާލާތު ކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޝެއިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝެއިޚު މިގޮތަށް ވިދާޅުވީ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވުމުންނެވެ. ރައީސް މައުމޫން މިއަދު އެކްސްގައި ވިދާޅުވީ، ޢާންމުންގެ ތާއީދު ހޯދުމަށް މަރުގެ ޙުކުމްގެ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މި ވާހަކައިގެ ރައްދުގައި ޝެއިޚު ޒައިދު ވިދާޅުވީ، ޤުރުއާނުގައިވާ ޙުކުމެއްގެ ބާރު ކަނޑުވައިލަން ވާހަކަ ދެއްކުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މަރުގެ ަދަބު ދިނުން ހުއްޓައިލައިފައި އޮތުމުން، އެއްވެސް ކަމެއް ޙައްލު ވިތޯ ވެސް އޭނާ އެއްސެވިއެވެ.

އޭނާ ވިދާޅުވީ، ފުރިހަމަ ވާނީ ﷲގެ ޙުކުމް ކަމަށާއި، މުސްލިމުންގެ އަޤީދާ އަކި ވެސް އެއީ ކަމުގައެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީީސް މައުމޫން މީގެ ކުރިން ވެސް މަރުގެ އަދަބު ދިނުމާއި ދެކޮޅަށް ވާހަކަ ދެއްކެވިއެވެ.

 

  1. ސައٍދު

    މައުމٌނުގެ ނަންބަދަލުކޮއް މަލްއٌނު ކިޔުން ކިހިނެތްވނެބً

  2. ޢަޒްރާ

    ކިތަންމެ މޮޅު ޔުނިވަސިޓީއަކުން ކިޔަވައިގެން ކިތަންމެ މޮޅު ވިޔަސް އިސްލާމް ދީނުގެ ޙުކުމަކަށް ގޮތްކިއުމުގެ ބާރެއް އެއްވެސް މީހަކަށް ނޯންނާނެ މާތްﷲ އެކަލާނގެ ބާވައިލއްވި ކީރިތި ޤްރުއާނުގަ އަލްބަޤަރާ ސޫރަތުގަ ވ ސާފް ކޮށް އެބައޮތް ޤިސާސް ހިފަންޖެހޭކަމާއި ޤިސާސް ހިފަންޖެހޭ ޙާލަތްތައް ހަމަ އެގޮތައް އަލްމާއިދާ ސޫރަތުގަވެސް އެބައޮތް ޤިސާސް ހިފަންޖެހޭ ގޮތް މިފަދަ ކަންކަމަށް އިންކާރުކޮށް ޤިސާސް ހިފުން ބުއްދިވެރި ނުންކަމަށް ވާހަކަ ދެއްކުމަކީ އިސްލާމްދީނާއި އެދީނުގެ ޙުކުމްތަކަށް ފާޅުގަ އިންކާރު ކުރުން އަޅުގަނޑު ގޮވާލަން މިހިނދުން މިހިދައް ތިދައްކާ ވާހަކަތައް ހުއްޓާލާ އަވަހަށް ތައުބާވުމަށް

  3. ޙަކިމު

    މިނަގެނަމަކި މަލްއުނު

  4. ފަލަކު

    މިނޫނީ ދުނިއޭގަ ފަލަކީއިލްމުވެރިއަކުނެތޭކިއާ ޖޯކުޖެހީމާ މައުމޫނުއައްހީވާކަހަލަ ދޯ ތިމަންނަމީ ﷲގެ ހުކުމްތައްބާތިލުކުރެވޭވަރުމީހެއްކަމައް ވެރިކަންކުރި 30 އަހަރަކީ ހައްޔަރު ކުރެވޭމީހާގެ ވަށައިގެންވާހާއެއްޗެއް ހެކިދިންޒަމާން މަރުގެއަދަބު ނުދިނުމުން ރަނގަޅުވީކަމެއްދައްކަބަލަ ކަންތައްތައް މަޑުމަޑުން ގޯސްވަމުންގޯސްވަމުންގޮސް މިއަދުމިއޮތީ ހައްދުފަހަނާޅާގޮސްފަ