ޚަބަރު ސިޔާސީ

މައްސަލަ ދިމާވާނީ ބާރަށް ކުރިޔަށްދާ މީހުންނަށް, ގޮންޖެހުންތައް ދިމާވި ނަމަވެސް ފަހަތައް ނުޖެހޭނަން: އާޒިމާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މައްސަލަ ދިމާވާނީ ބާރަށް ކުރިޔަށްދާ މީހުންނަށް, ގޮންޖެހުންތައް ދިމާވި ނަމަވެސް ފަހަތައް ނުޖެހޭނެ ކަމަށް މާލޭގެ މޭޔަރުކަަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ކެންޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ އިދިކޮޅުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ހައްގަށް ނަސްރު ދެއްވާނެ ކަަމަށާއި ތެދު ހަގީގަތް ހާމަވާނެ ކަމަށެވެ.

"މައްސަލަ ދިމާވާނީ ބާރަށް ކުރިޔަށްދާ މީހުންނަށް. ކާމިޔާބީގެ ރާސްތާއާ ކައިރިވާ ވަރަކަށް ގޮންޖެހުން އިތުރުވާނެ. އެކަމަކު ދަންނަވަންތޯ ވާހަކައެއް. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ފަހަތަށް ޖައްސަން ނާންނާތި" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މިކުރަނީ ވަރަށް އުނދަގޫ ދަތުރެއް ކަމަށާއި ބޭނުންވަނީ ޕާޓީގެ މެމްބަރުން ގުޑުވާނުލެވޭނެ ކަހަލަ އަޒުމެއްގައި ތިބުން ކަމަށެވެ. އަދި މިހާހިސާބަށް އައިއިރު ކުރެވުނު މަސައްކަތާއެކު ފުރިހަމަ ކާމިޔާބީއެއް ލިބޭނީ މޭޔަރު ކަމުގެ އިންތިހާބާއި މަޖިލިސް އިންތިހާބުން ވެސް ކުރިހޯދައިގެން ކަމަށެވެ.

އިލްތިމާސަކީ ސަފުތައް ރޫޅައިދިޔަ ނުދިނުން ކަމަށާއި މިވަގުތަކީ ލިބެމުން އަންނަ ގޮންޖެހުންތަކާއި ދެކޮޅަށް އެންމެން އެއް ސަފެއްގައި ތިބި ކަން އެހެން ފަރާތްތަކަށް ދެއްކުން ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ބަލާތި

    ޗައިނާގެ އެހީގައި ބްރިޖް އަޅަންވީ ފުށިިދިއްގަރު ފަޅަށް އަދި ހުޅުލޭ އިރުން އޮތް ހާބަރ ބޭސިން ހިއްކާލުމަށް ޓަކައި ހަދަންވީ ގޮތަކީ ޗައިނާގެ ހިލޭ އެހީއާއި ލޯން އެހީ ހޯދައިގެން ހުޅުލޭ އިރުން އޮތް ތިލަކަނޑުގެ ބޭރު ތޮށިން ފެށިގެން 500 މީޓަރު ހުޅަނގުން ކަނޑުގައި ޕިރަމިޑް ޝޭޕަށް ބޮޑުހިލަ ޖަހާ ހަދާ އެތަނަކީ ހުޅުލޭ ހާބަރ ބޭސިން ކަމަށް ހަދަންވީއޭ އަދި އެތަނަށް ޕެސެންޖަރ ލައިން ވެސް ވަދެވޭ ގޮތަށް ހަދާނީއޭ އެއިރުން ހަގީގަތުގައި ޗައިނާގެ އެހީ ހެޔޮގޮތުގައި ބޭނުންކުރެވޭނީ…

  2. ކުރާށޭ

    ޗައިނާ އަށް ވިއްކާލަންވީއޭ ހުޅުމާލޭގަައި އެސްޓީއޯ އިން އަޅާފައިވާ ހޮޓާ ޗައިނާގެ ކުންފުންނަކަށް އެއިރުން އެމެން އެތަން ތަރައްގީ ކޮށް ނިންމާ އެތަނަށް ޗައިނާ ފަތުރުވެރިން ގެންނާނެ ނޫންތޭ ޗައިނާ އާއި ވަރަަށް އަވަހަށް ވަރަށް ގާތް ގުޅުމެއް ގާއިމްކޮށް ހަދާ އިންޑިއާގެ ބާރު ކަނޑުވާލަންވީއޭ އަނެއް ކޮޅުން ޗައިނާގެ ހިލޭއެހީގައި އަހަރަކު 300 މިލިއަން ޑޮލަރު އަދި ޗައިނާގެ ލޯން ގެ ގޮތުން އަހަރަކު 20 ބިލިއަން ޑޮލަރު ހޯދާ ފުށިދިއްގަރު ފަޅު ތަރައްގީކުރަންވީއޭ