Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޯލްޑިވިއަން އިން ބޮއިން 787 މަރުކާގެ ބޯޓެއް ހޯދަނީ

މޯލްޑިވިއަން އިން ބޮއިން 787 މަރުކާގެ ބޯޓެއް ހޯދަނީ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން އަށް ބޮއިން 8-787 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ބުނީ ބޮއިން 8-787 މަރުކާގެ ބޯޑެއް ޑްރައި ލީޒްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ހަ އަހަރުގެ މުއްދަތަކަށް ނަގާ ބޯޓް ވާން ޖެހޭނީ އިކޮނޮމީ އާއި ބިޒްނަސް ކްލާސް ހިމެނޭ ގޮތަށް ޖުމްލަ 270 ސީޓްގެ އެއްޗަކަށް ކަމަށެވެ. އެގޮތުން ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15-20 ދެމެދުގެ ޖާގަ ހުންނަން ޖެހޭނެ އެވެ.

މޯލްޑިވިއަނުން ވައިޑް-ބޮޑީ ބޯޓެއް ހޯދާ އިރު، ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ ވައިޑް-ބޮޑީ-ބޯޑުގެ ބޯޓާ އެކީ އާ 7 މަންޒިލަކަށް ދަތުރު ފަށާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް