ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް)ގެ ރައީސް ޗާންގ ޔޮންގޗުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވިއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމަކީ އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދިވެހި ސަރުކާރަށް ވަރަށް މުހިންމު ގުޅުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލްގެ ރައީސް ވަނީ އެ ގްރޫޕުން ކުރިއަށް ގެންދަވާ ތަފާތު މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ދިވެހި ސަރުކާރަށް ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް އިން އެއްބާރުލުން ދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.
އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު
ޗައިނާއިން ލޯން ނަގައިގެން މާލޭން އަދި ހުޅުލޭ އާއި ގުޅިގެން މިހާރު އޮތް ބްރިޖް ގެ ދެކުނުން ހުޅުލެވީ ކޮޅުން އަދި މާލެވީ ކޮޅުން ބްރިޖްގެ ލޭންޑިންގް ގާތުން ކަނޑުން 5 ހެކްޓަތު ބިން ހިއްކާ ހަދާ އެތަނުން ފެށިގެން ގޮސް މާފުއްޓާއި ޖެހެން ދެން ތިން ބުރި އަށް ހުންނަ ބޮޑު ފާލަން އަޅަންޖެހޭ ފުޅާމިނުގައި 1 ކިލޯ މީޓަތު ހުންނަ ގޮތަށް ރާއްޖެތެރޭ އާބާދީގައި 10 ހާހުން މަދު އާބާދީހުރި ރަށް ތަކަށް ކެޕެކްސް އިން އެއްވެސް ޚަރަދެއް 5 އަހަރު ދުވަސް ވަންދެން ނުކޮށް މިކަން ކުރާށޭ އެއިރުން ބަޖެޓް އަރަނި ވާނީ ރާއްޖެތެރެ ތިޔާއީ ބަލާއެކޭ އެއާލާތުން ނަށް އިރު އަރާނީ 12 ޖަހާއިރުއޭ 200 ރަށް ހަމަފަޅު ކުރަންވީއޭ
Thank you I have just been searching for information approximately this topic for a while and yours is the best I have found out so far However what in regards to the bottom line Are you certain concerning the supply