Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކޮށްފި

ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކޮށްފި

ހޮނިހިރު ދުވަހު އޮންނަ ބައި-އިލެކްޝަންތަކުގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކޮށް، ވޯޓުލުން ނިމޭގަޑި ހަވީރު 5:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހު އޮންނަ ބައި އިލެކްޝަންތަކަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންތަކެވެ.

އެގޮތުން އެ އިންތިހާބުތަކުގެ ވަގުތާ ގުޅޭގޮތުން އީސީން ކުރި އިއުލާނެއްގައި ބުނީ، މުޅި ރާއްޖޭގެ މޫސުން ގޯސްވެ،ވިއްސާރަވެ ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ހަވީރު ފަހެއްގެ ނިޔަލަށް ވޯޓުލުން އިތުރު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ކުރިން ވޯޓުލުން ނިންމުމަށް އީސީން ނިންމާފައި އޮތީ، ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް