މި ސަރުކާރަށް މުޅި ރާއްޖެ ނޫނެކޭ ބުނުން އޮތީ ގާތުގައި: ޞާލިޙް

މާލޭގެ މޭޔަރުކަމުގެ މަގާމު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކާމިޔާބުކުރުމުން ހާމަވީ މާލޭގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނުން ކަމަށް އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އާޒިމް، މާލޭގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރުމާއި ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، މޭޔަރުގެ އިންތިހާބާ ކުރިމަތިލީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާއެކު، ދަތި އުދަނގޫ ދުވަސްވަރެއްގައި ކަަމަށެވެ. ނަމަވެސް އެ މާޔޫސްކަމުގައި ނިކުމެ ތިބި ބުރަ މަސައްކަތް އެމަނިކުފާނު ވަނީ އެމްޑީޕީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އާދަމް އާޒިމް މާލޭގެ ރައްޔިތުންނެއް މާޔޫސް ނުކުރާނެ. އެ ޔަގީންކަން ބާއްވާ. އެމްޑީޕީއެއް މާލޭގެ ރައްޔިތުން މާޔޫސެއް ނުކުރާނެ، އާޒިމް ވަޑައިގަންނަވަނީ ތަސައްވަަރަކާއި އެކުގައި، ސަރުކާރެއް ތެރޭގައި އިތުރު ސަރުކާރެއްގެ ހިންގާކަށް ނޫން، ގާނޫނި ގޮތުން މަަތިކޮށްފައިވާ މަސްއޫލިއްޔަތުތަކެއް އަދާކުރަން. ރައްޔިޔުންގެ އެދޭ ގޮތަށް މާލޭ ބަދަލުކުރުމަށްއެއަށް ފަހު ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު ސަރުކާރަށް މެސެޖެއް ދީފައިވާ ކަމަށެވެ. ''71 ޕަސެންޓް މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެމަސްނުވަނީސް މާލޭ ރައްޔިތުން ނިކުމު މިސަރުކާރަށް ނޫނެކޭ ބުނީ ސިޔާސަތުތަކަށް ނޫނެކެވޭ ބުނީ ސަބަބުތަކެއް ނެތިއެއް ނޫން'' ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުން ނޫނެކޭ ބުނީ، ސަރުކާރު ދެއްކި ވާހަކާތަކާއި އޮޅުވާލުމާއި، ހެދި ދޮގުތައް ހާމަވާން ފެށުމުން ކަމަށެވެ. ''ސަރުކާރުގެ އަސްލު ސިފަ އަސްލުން ހާމަވާން ފަށައިފި، މާލޭ ރައްޔިތުން ނޫނެކެވޭ ބުނެފި މުޅި ރާއްޖޭ ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ގާތުގައި'' އެމަނިކުފާނު ވިދާޅުވިއެވެ.






ކޮމެންޓް