Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިއަދުގެ އިންތިޚާބު: ދެ ގޮނޑި ސަރުކާރަށް, ދެ ގޮނޑި އިދިކޮޅަށް

މިއަދުގެ އިންތިޚާބު: ދެ ގޮނޑި ސަރުކާރަށް, ދެ ގޮނޑި އިދިކޮޅަށް

މިއަދު އޮތް ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ސަރުކާރާއި އިދިކޮޅުން ކޮންމެ ޕާޓީއަކުން ދެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

މިއަދު ވަނީ މާލޭގެ މޭޔަރުުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއަކަށް ވޯޓްލުން ކުރިޔަށް ގެންގޮސްފައެވެ.

ބައި އިލެކްޝަން ބޭއްވި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ ހުމަދު ރިޝްވާނެވެ. ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ ކާމިޔާބު ކުރައްވާފައި ވާއިރު، މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ

Advertisement
Allied — Dhen Online (box)

އިންތިޚާބުގެ އެންމެ ވާދަވެރިކަން ބޮޑު މޭޔަރުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ އާދަމް އާޒިމެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން އޮތީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް