Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންތިޚާބަކާ ނުލާ ކާފު އަތޮޅު ރައީސް ކަމާއި ދެ ރަށެއްގެ ކައުންސިލް ގޮނޑި ކޮންގްރެސް ޕާޓީއަށް

އިންތިޚާބަކާ ނުލާ ކާފު އަތޮޅު ރައީސް ކަމާއި ދެ ރަށެއްގެ ކައުންސިލް ގޮނޑި ކޮންގްރެސް ޕާޓީއަށް
އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ވަގުތުގައި އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ ކާފު އަތޮޅު ރައީސް ކަމާއި ދެ ރަށެއްގެ ކައުންސިލް ގޮނޑި ކޮންގްރެސް ޕާޓީއިން ވޯޓަކާ ނުލާ ކާމިޔާބުކޮށްފިއެވެ. ކޮންގްރެސް ޕާޓީން ކާމިޔާބު ކުރީ ކާފު އަތޮޅުގެ ރައީސް ކަމާއި ށ މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއެވެ. މި ގޮނޑިތަކަށް އިންތިޚާބުވި ބޭފުޅުންނަކީ;
  •  ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އަހްމަދު އަނީސް
  •  ށ. މަރޮށި ކައުންސިލް މެންބަރު ކަމަށް ހުސައިން ނާޒިމް
  •  ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު ކަމަށް ހަސަން އާސިމް
މި ގޮނޑިތަކުގެ ބައި-އިލެކްޝަން ބާއްވަން ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހު 10 ގައެވެ. ނަމަވެސް އިތުރު ކެނޑިޑޭޓަކު ކުރިމަތި ނުލުމުން އިންތިޚާބަކާ ނުލާ މި ތިންބޭފުޅުންނަށް ގޮނޑި ކަށަވަރުވިކަން އިލެކްޝަނުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް