ޚަބަރު

ޤާނޫނަށް ބަދަލު ގެނެސްގެން ނޫން ގޮތަކަށް އިންތިޚާބުގެ ތާރީޚަށް ބަދަލު ނުގެނެވޭނެ: ފުއާދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް/ ފޮޓޯ: އަވަސް

އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން ނޫނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސް ކުރެވެން ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. މިފަހަރުގެ މަޖިލިސް އިންތިހާބު މި ބާއްވަނީ އެހެން ފަހަރުތަކާ ހިލާފަށް ރޯދަ މަހުގެ ތެރޭގައެވެ.

ޕީއެސްއެމް އިން ގެނެސް ދިން "ރާއްޖެމިއަދު" ޕްރޮގްރާމްގައި ފުއާދު ތައުފީގު ވިދާޅުވީ ރޯދަ މަހުގެ ފަހަށް އިންތިހާބު ޖައްސަން ބަލާ އިރު، ވަރަށް ބޮޑެތި މައްސަލަތަކާ ދިމާވާ ކަމަށެވެ. އެއް ކަމަކަށް ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވި ގޮތުގައި ރަމަޟާން މަހު އިންތިހާބު ބާއްވާ ނަމަ، ރައްޔިތުންނަށް އެންމެ ފަސޭހަ ވާނީ ކޮން ގޮތެއްތޯ ބަލާފައި ވާނެ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުކޮޅުގައި ބާއްވައިފި ނަމަ، ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށާއި އެއީ ހުރިހާ ދިވެހިން ވެސް ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމަށް ހޭދަކުރަން ބޭނުންވާ ކަމުގައި ފުއާދު ވިދާޅުވިއެވެ. އަދި ސަރުކާރުން ވެސް ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސީ ރައްޔިތުންނަށް އަޅުކަން ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

"އެ ދުވަސްވަރާ ދިމާކޮށްފައި އަޅުގަނޑުމެންނަކަށް ނުބޭއްވޭނެ ކޮންމެ ގޮތެއް ވިޔަސް،" ފުއާދު ވިދާޅުވިއެވެ.

ރަމަޟާން މަހަށް ފަހު އީދު ބަންދު ދުވަސްތައް އަންނަ އިރު،  ދެން އަންނަނީ ސްކޫލްތަކުގެ އިމްތިހާން ދުވަސްވަރު ކަމަށް ފުއާދު ވިދާޅުވި އެވެ. އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ސްކޫލްތައް ނުލިބޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"ސްކޫލްގެ އިމްތިހާނު ނިމޭ ތަނުން އަޅުގަނޑުމެން ބާއްވަން ނިންމައިފިއްޔާ، އަނެއްކޮޅުން މަޖިލިސް މެމްބަރުން ހޮވާ ނިންމަން އެބަޖެހޭ މަޖިލިސްގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން، މާނައަކީ 90 ދުވަހުގެ ތެރޭގައި މި މަސައްކަތް ކުރަން އެބަޖެހޭ. ޖެނުއަރީ 30 އިން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކަން ކުރަން މި ލިބެނީ،" ފުއާދު ވިދާޅުވިއެވެ.

"އެހެންވީމަ ގާނޫނަށް ބަދަލު ނުގެނެސް، މިކަން އަޅުގަނޑުމެންނަށް ވާނެ ގޮތެއް ނެތް،"

ފުއާދު ވިދާޅުވީ ގާނޫނު އިސްލާހުކޮށް، އިންތިހާބުގެ ތާރީހުތަކާ ގުޅޭ އިސްލާހުތައް ބަދަލުކޮށްފި ނަމަ، ރޯދަ މަހުގެ ފަހުން ވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަކު، 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި ބޭފުޅުން އެކަން ކުރައްވަން ބޭނުން ނުވާ ކަމުގައި ފުއާދު ވިދާޅުވިއެވެ.

Ads by Ooredoo
  1. ދެން އިންތިޚާބް ލަސްކޮއްގެންނުާނެ