Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަދީނާ އިންވެސްޓްމެންޓުން ހުޅުމާލޭގައި ސްކޫލެއް ތަރައްޤީ ކުރަނީ

މަދީނާ އިންވެސްޓްމެންޓުން ހުޅުމާލޭގައި ސްކޫލެއް ތަރައްޤީ ކުރަނީ

އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ސްކޫލެއް ތަރައްގީ ކުރުމަށް އެއްބަސް ވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްޤީ ކުރާނެ ކަމަށެވެ.

މި މިސްކިތް ތަރައްޤީ ކުރާނީ، ސްކޫލާއި މިސްކިތް ގުޅޭ ގޮތަށް ކަމަށާއި މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށާއި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް އެ ސްކޫލް ތަރައްޤީ ކުރާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ އެ ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން އެ ސްކޫލުން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް