ޚަބަރު އިޖުތިމާޢީ ސަރުކާރު

އިތުރު ހައްޖު ކޯޓާ ލިބިއްޖެނަމަ އަމިއްލަ ގްރޫޕުތަކަށް ވެސް ޙައްޖަށް ގެންދެވޭނީ ކޯޕަރޭޝަންގެ ކިއު ލިސްޓަށް: ވަޒީރު ޑރ. ޝަހީމް

ފައިނާ ފާއިޒް ، ދެން އޮންލައިން
ރޭގެ ޖަލްސާގައި  އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

އިތުރު ހައްޖު ކޯޓާ ލިބިއްޖެނަމަ އަމިއްލަ ގްރޫޕުތަކަށް ވެސް ޙައްޖަށް ގެންދެވޭނީ ކޯޕަރޭޝަންގެ ކިއު ލިސްޓަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު މިފަދައިން ވިދާޅުވީ, ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ, ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދިނުމަށް, ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވުނު "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން, ހައްއަޖުގެ އަޅުކަމުގެ ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކަމަށް މިނިސްޓާރު ވަނީ ފާހަގަ ކުރައްވާފައިއެވެ.

އަދި ރާއްޖޭގެ ރަސްމީ ހައްޖު ކޯޓާގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއަށް ކޮންމެ އަހަރެއްގައި ލިބޭ ޙައްޖު ކޯޓާގެ 1000 ކޯޓާ މިފަހަރު ހައްޖު ކޯޕަރޭޝަނަށް ދޭން ވަނީ ނިންމާ, އެކަމުގެ ލިޔުން ތަކުގައި ސޮއިކޮށްފައެވެ.

އޭގެ އިތުރުން ޝަހީމް ވިދާޅުވީ, ހައްޖު ކޯޓާ ލިބިއްޖެ ހާލަތެއްގައި އެ ހައްޖާޖީންގެ އިންތިޒާމުތައް ހަމަޖެއްސުން ވެސް ހަވާލުކުރެވިގެން ދަނީ ހައްޖު ކޯޕަރޭޝަންގެ ދަށުން ކަމަށެވެ.

އަދި މި މަސައްކަތް ހަވާލުކުރެވޭ ގުރޫޕުން ބޭނުން ކޮންމެ އަގެއްގައި ކޯޓާ ވިއްކުމުގެ ސިޔާސަތު ދޫކޮށްލުމަށްޓަކައި، އިތުރު ކޯޓާތައް ދޫކުރަން ގުރޫޕަކާ ހަވާލުކޮށްފިނަަމަ އެ ކޮޓާތައް ދޫކުރެވޭނެ ވަކި އަގެއް ހައްޖު ކޯޕަރޭޝަންއިން ކަނޑައަޅާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެކި ކޯޕަރޭޝްނަތަކުން ހައްޖަށްދާ މީހުންގެ އަތުން އިތުރު ފައިސާ ނެގުމުގެ މައްސަލައަކީ ރާއްޖޭގައި ކުރިމަތިވެފައިވާ މައްސަލައެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިފަދަ ކަންކަމަށް ހައްލު ގެނަސް ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކޮށް ހައްޖަށް ދިޔުމުގެ ފުރުސަތު ހޯދަދޭނެ ކަމަށް ވައުދެވެފައިއެވެ.

  1. އާމިނާ

    ވަރައްރަގަނލު ނިއްމުމެއް