ފްލެޓް ހައްޤު ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް އަވަސްކޮށްދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް މިހެން ވިދާޅުވީ މިރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ"ގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން، ފުރަތަމަ އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލައަކީ ސައުވީސް ގަޑިއިރު ހޭލާ ތިބެގެން ވެސް ނިންމަން ޖެހޭ މައްސަލައެއް ކަމަށާއި ރައްޔިތުން މުސާރާދީފައި ތިބެނީ ސައުވީސް ގަޑިއިރު މަސައްކަތް ކުރަން ކަމަށެވެ.
އާޒިމް ވިދާޅުވީ "މި ކަންކަމަކީ 24 ގަޑިއިރު ހޭލާ ތިބެގެން ވެސް އެ ބަލާ އެއްޗެއް ބަލާފައި ކުރަން ޖެހޭ ކަންކަން. ރައްޔިތުން އަޅުގަނޑުމެންނަށް މުސާރަ ދީފައި މި ތިބެނީ 24 ގަޑިއިރު މަސައްކަތް ކުރަން،" ކަމަށެވެ.
މީގެ އިތުރުން މާލޭގެ ރައްޔިތުން ދިރިއުޅޭ ދަތި ހާލު ފާހަގަކޮށް އާޒިމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތީގެ މަޝްރޫއުތައް ހުއްޓައިނުލާ ކުރިއަށް ގެންދާނެކަމަށް ހުވާކުރެއްވި ރޭ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
"އެރޭ ރައިސުލްޖުމްހޫރިއްޔާ އެއްބަސްވެވަޑައިގަތް ގުޅީފަޅު ވެސް ހިއްކޭނެ ކަމަށާއި ގިރާވަރު ފަޅު ވެސް ހިއްކޭނެ ކަމަށާ އުތުރު ތިލަފަޅު ވެސް ހިއްކޭނެ ކަމަށާ ގުޅީފަޅުން ގިރާވަރު ފަޅަށް ބުރިޖު އެޅޭނެ ކަމަށާ އަދި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ބުރިޖު އެޅޭނެ ކަމަށް" އާޒިމް ވިދާޅުވިއެވެ.
ފްލެޓް ހައްޤުވާ ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް އަވަސްކޮށްދޭން ޖެހޭ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އޭރުން އެ އާއިލާތަކަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ލިބޭނެ ކަމަށެވެ.
ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުއެއް ކަމަށްވާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓާމެދު ގިނަ ބައެއްގެ ކަންބޮޑުވުންތައް ވަނީ ފެން މަތިވެފައެވެ. ހަމަ އެއާއެކު އެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ފާހަގަކޮށް އޭސީސީން ވަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
އަހަރެންގެ ފިރިމީހާއާއި ދަރިންނާއި މާލޭގަ އުޅޭތާ 19އަހަރު ފިރިމީހާ އުޅޭތާ 26 އަހަރު އިބޫގެ ވެރިކަމުގަ ފްލރޓަށް ލީމަ ދިނީ 57 ޕޮއިންޓް އަހަރެމެންކައިރީ ފުލެޓް ލިބޭނޭ ކިޔާފަ ޗިކާވެސް ހެދީ ބުހުތާން ދޮގު
ހިފަހައްޓައިގެން ތިބުމުން ގިނަ ވޯޓްތަކެއް ގެއްލުން އެކަށީގެންވޭ. ފާއިތުވާ ކޮންމެ ދުވަހަކީ އެމީހުންނަށް މާޔޫސްކަން އިތުރުވާ ދުވަހެއް.