ދުނިޔެ

ކިޔެވުމަށް ހުންނަ ޝައުގުވެރިކަން: އޮންލައިން ކުލާހުގައި ބައިވެރިވުމަށް ސިގްނަލް ނުލިބުމުން އެރީ ގަހަކަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ބަލި ކޮވިޑް-19ގެ ސަބަބުން މިއަދު ހުރިހާ ކަމެއްވެސް ކުރަން ޖެހިފައި މިވަނީ އޮންލައިން ކޮށްށެވެ. ތައުލީމީނިޒާމު ވެސް އޮންލައިންކޮށް ގެންދިއުމަށް މިއަދު މިވަނީ މަޖުބޫރު ވެފައެވެ. ނަމަވެސް ގިނަ ކުދިންތަކަކަށް އިންޓަނެޓްގެ ކަނެކްޝަންގެ މައްސަލަތަކުގެ ސަބަބުންކްލާސްތަކަށް ވެސް ނުވަދެވެއެވެ.

Ads by WAMCO

ކުލާހުގައި ބައިވެރިވުމަށް ޓަކައި ދިގު ރާސްތާތަކަށް ވެސް ކުދިން  ވަނީ ދަތުރު ކޮށްފައެވެ. އިންޓަރނެޓު ކަނެކްޝަން ހޯދުމަށް ޓަކައެވެ. އެގޮތުން އިންޓަނެޓްގެ ކަނެކްޝަން ހޯދުމަށް ޓަކައި ވެސްޓަރން ސަލްވާޑޯގެ ދެ ކުއްޖަކު މިވަނީ ތަފާތު ކަމެއް ކޮށްފައެވެ.

މި ދެކުދިންނަކީ އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންނެވެ. މި ދެކުދިން އެންމެ ފުރަތަމަ ކަމަކަށް ވަނީ ކިލޯމީޓަރެއް ހުރަސް ކޮށް ފަރުބަދައަކާއި ހަމައަށް ދަތުރު ކޮށްފައެވެ. އަދި އެއަށްފަހު އެކުދިން ވަނީ ސިގްނަލް ހޯދުމަށް ޓަކައި ޒައިތޫނި ގަހަކަަށް އަރާފައެވެ.

މިދެކުދިން ވަނީ ގަހަށް އަރައި ކުލާހުގައި ބައިވެރި ވެފައެވެ. މިކަމުން ދައްކުވައިދެނީ ތައުލީމަށް އެކުދިން ދޭ އަހައްމިއްޔަތު ކަން ޔަގީނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!