ހައްގު ބަސް ބުނަން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ބޭނުމެއް ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރަނީ ކުރާ ހިތުން ކަމަށާއި އެއީ އޭނާ ކާންބޯން ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ބުނަން ޖެހޭ ކޮންމެ އެއްޗެއް ސާބިތުކަމާއެކު ކެރިހުރެ ބުނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“އަޅުގަނޑު ސިޔާސީ މަސައްކަތް ކުރަނީ ކުރާހިތުން. ކާން ބޯން ނުލިބިގެންނެއް ނޫން. ހައްގު ބަސް ބުނާކަށް ގޮނޑިއެއް ބޭނުމެއް ނުވޭ. އެމްޑީޕީގައި ސާބިތުކަމާއެކު ހުރެ، ބުނަން ޖެހޭ ކޮންމެ އެއްޗެއް ދެން ވެސް ބުނާނަން” ރޮޒައިނާ ވިދާޅުވިއެެވެ.
ރޮޒެއިނާ ވިދާޅުވީ އަންހެނަކަށް ފުރައްސާރަކޮށް އެހާވަރު ބަޔަކު އަރުވާލައިގެން އުޅުމުން އެނގެނީ އޭނާއާ މެދު ބަޔަކު ޖެހިލުންވާ މިންވަރާއި ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަމާއި ހަސަދަވެރިކަން ކަމަށެވެ.
އަދި ސިޔާސީ ހަޔާތުގައި އެއްވެސް މީހަކާ ޒާތީ ގޮތުން އެއްޗެއް ބުނެފައި ނޯންނާނެ ކަމަށާއި ކުރިޔަށްއޮތް ތަނުގައި ވެސް ނުބުނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ޙައްގުބަސް ބުނަން ގޮނޑިއެއް ބޭނުން ނުވާނަމަ ދެން ކީއްވެތޯ ކަމަނާ ގޮނޑިއަށް ވާދަކުރީ؟؟ ކާން ބޯން ކުރަމުން އައި މަސައްކަތް ހުއްޓުނީތޯ؟؟ ކާކުތޯ ތިވަރުގެ މީހަކު ނެތިގެން އުޅެނީ؟؟ ތީ މާރީތި މީހެއްތޯ؟؟ ނޫނީ މާމޮޅު މީހެއްތޯ؟؟ ނޫނީ ދުރޫސުލް އަޚްލާގް ގެ ވެރިޔެއްތޯ؟؟ ތީ ދެން ކާކުތޯ ބަޔަކު ހަސަދަވެރިވާން؟؟
ކާކުތަ ޖެހިލުންވަނީ ކަލޭދެކެ. ފުރަތަމަ މައުމޫނުގެ ތައްޕާހުން ދެން އަންނިގެ ތައްޕާހުން މަޖުލިހަށް ވަދެގަތީ. ފަހަތުގަ ލީޑަރެއްނެތުމުން ޗޮކުން ތި ދިޔައީ، ވަރަށް ސާފު.
ގޮޑީގަ އިނދެގެން ވިޔަސް އަދި ތެދުވެ ހުރެގެން ވިޔަސް ޙައްޤުބަހެއް ބުނެވޭނެ ހެނެއް ހިޔެއް ނުވޭ. މަށަށް އެންމެ ގިނަ “މަގޭ އަންބޮޑިއަށް ގިނަ” ކުރަން އުޅޭ އެއްވެސް މީހަކަށް ޙަްޤު ބަހެއް ބެނެވޭނެ ހެނެއް ހިޔެއް ނުވޭ
އެކަމަކު އިސްލާމް ދީނުގެ ޝިޢާރު ދަމަހައްޓާ ނަގަހައްޓަން ޙިޖާބް އެޅުން މުހިންމުވާނެ އަވަހަށް ޢައުރަ ނިވާކޮއްލާ ކަމަނާ އަކީ އިސްލާމް ދީންދެކެ ލޯބިވާ އަދި އެދީނުގެ އުސޫލުތައް ހިފަހައްޓާ ނަގަހައްޓާ މީހަކު ކަމުގައި ލައްވާށި އމީނ