ޚަބަރު ސަރުކާރު

ތަރައްގީ ހަލުވިކުރަން މަޖިލީހުގެ މެޖޯރިޓީ ބޭނުންވޭ: އަބްދުއްރަހީމް

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު- ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)

ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ބޭނުންވާނެ ކަމަށް ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު، ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ލިބިވަޑައިގެންނެވި ރަށް ކަމުގައިވާ ތ. ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ރަށްތަކުގެ ތަރައްގީއަށްޓަކައި ގިނަ މަޝްރޫއެއް ރާވާފައިވާ ކަމަށެވެ.

'ދިވެހިންގެ ރާއްޖެ' ހޯދުމަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބުމުން، މަޖިލީހުގެ މެޖޯރިޓީ އާއި އެކު ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަށް ފާސްކުރަން ފަސޭހަވެގެން ދާނެކަން އަދުރޭ ފާހަގަކުރެއްވިއެވެ.

އެއްވެސް ރަށެއްގެ ރައްޔިތަކީ އެ ރަށެއްގެ ތަރައްގީއަށް ނޫނެކޭ ބުނާ ބައެއް ކަމަށް ވެގެންނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ރަށާއި މެދު ނުވިސްނުމުން އެ ހުރަސް އެޅެނީ ރަށުގެ ތަރައްގީއަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުރައިދޫގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސާދެއްވާނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން. ރައީސް ހުންނެވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސެވުމަށް އަތުކުރި އޮޅާލައްވައިގެން

ރައީސް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވިދާޅުވީ އެ މަންޒަރު ބައެއް ރައްޔިތުންނަށް ނުފެނުނު ކަމުގައިވީ ނަމަވެސް ފެންނަ ރައްޔިތުން އެބަ ތިބި ކަމަށާއި، އެކަން މި ދަތުރުފުޅުގައި ރައީސް ވަޑައިގަތުމުން އެ ރަށުގެ ބަނދަރު މަތިން އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުހަބާ އިންވެސް ފެނިގެން ދިޔަކަމަށެވެ.

ޕީޕީއެމް ޕްރައިމަރީގައި ގުރައިދޫގެ ރައްޔިތުން ދެއްކީ، ޑިމޮކްރަސީއަށް ފައްކާވެފައިވާ ރަށެއްގެ ފުރިހަމަ މިސާލުކަން ފާހަގަކުރައްވައި ސަރުކާރަށް އެ ރަށުން ދެމުންދާ ފުރިހަމަ އެއްބާރުލުމަށް އަބްދުއްރަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!