ރާއްޖެއިންދާ މީހުންނަށް ގައިޑްކޮށްދޭން ދިވެހި ކިޔަވާކުދިންނަށް ފުރުސަތު ދެނީ

ސައުދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ވެވޭގޮތައް އެ ޤައުމާއެކު އެއްބަސް ވެވިއްޖެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ސައުދީ އާއި މިއަދު ވެވުނު އެއްބަސް ވުމުގައި ވަނީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ހައްޖަށް ދާ މީހުންގެ ގައިޑުންގެ ގޮތުގައި އެމީހުންނާއި އެކު ދިޔުމަށް ސައުދީ އަރަބިއްޔާގައި ތައުލީމު އަދާކުރާ ދަރިވަރުން ހައްޖަށް ދިޔުމުގެ އިންތިޒާމް ހަމަޖައްސާފައިއެވެ.
މިނިސްޓަރު ވިދާޅުވީ ސައުދީގައި ތައުލީމް އަދާކުރަން ތބި ކުދިންގެ ތެރެއިން ކޮންމެ އަހަރަކުވެސް ވަކި އަދަދެއްގެ ދަރިވަރުން ހޮވައިގެން އެ ދަރިވަރުން ހައްޖުގެ އަޅުކަން އަދާކުރަން ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވާކަމަށެވެ.
ދީނީ ގޮތުންނާއި އަދި އެހެނިހެން ގޮތް ގޮތުން ހައްޖާޖީންނަށް މި ދަރިވަރުންގެ އެހީތެރިކަން ލިބިގެން ދާނެ
މިކަން ކުރިއަށް ދާނީ ހައްޖު ކޯޕަރޭޝަންގެ ދަށުންކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިނިސްޓާރު ވަނީ ސައުދީ އަރަބިއްޔާގެ ފަރާތުން ރާއްޖެއަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވާ އެ ގައުމަށް ޝުކުރު އަދާކުރައްވާފައިިއެވެ. އަދި މިފަދަ ފުރުސަތެއް ލިބުމުން އެކަމާމެދު އުފާ ފާޅުކުރައްވާފައިިއެވެ.