މޯލްޑިވިއަންގެ ޕައިލެޓަކަށް ޖާބިރު ބިރުދެއްކި މައްސަލަ ފުލުހަށް
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މުވައްޒަފަކަށް، ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ބިރުދައްކައި އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ''ދެން'' އަށް ވިދާޅުވީ ޖާބިރު، އެ އެއާލައިންގެ މުވައްޒަފަކަށް ފުރައްސާރަކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންގެ އެހީ އާއި އެކު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މޯލްޑިވިއަންގެ ފްލައިޓްތަކުން ދަތުރުކުރުން ޖާބިރަށް ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ އެއާލައިނުން ބުނީ އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
މޯލްޑިވިއަންގެ ޕައިލެޓަކަށް އިންޒާރުދީ ބޭއަދަބީ ބަހުން ޖާބިރު ވާހަކަ ދައްކާފައިވާ ވީޑިއޯއެއް ޝޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯގައި، ޖާބިރު ކަމަށް ލަފާކުރެވޭ މީހާ ވަނީ ޕައިލެޓަށް މަރުގެ އިންޒާރު ދީފައެވެ.
ޖާބިރުގެ ވީޑިއޯއެއް އާއްމުވުމުގެ ކުރިން، އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުންދާތީވެ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށް ނިންމާފައެވެ. އަދި ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކޮށްފައެވެ.
“އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުންދާތީވެ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށް ނިންމާފައެވެ.”
5 އަހަރު ހޭނެތިފަ ތިބި ބަޔަކު ހޭއެރީ؟ ތިޔަ ބުނާ ބިރަކު ތިޔަ ބުނާ މުޑުދާރު ޒާތަށް އުޅެން ފެށީ އިއްޔެއަކު މިއަދަކު ނޫން. އެކަމަކު ރާތާގާބަރިންނަށް ހީވެސް ނުވޭ.