ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މަޤްޞަދަކީ ޓެކްސީ ޑްރައިވަރުންނަށް މާލީ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި މާލީ ވަސީލަތްތައް ހޯދަން ފަސޭހަކޮށްދިނުމަށެވެ. އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ތެރެއިން މުއާމަލާތް ކުރުން ފަސޭހަކޮށްދިނުން ހިމެނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ މީހުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލްއިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވައިލުމުން އެ ފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ކަމެކެވެ.