ލައިފްސްޓައިލް

ލޯބިވާ ބައްޕާއެވެ. އަހަންނަށް ޓަކައި ވީ ގުރުބާނީ އަށްޓަކައި އަހަރެން ޝުކުރުވެރިވަމެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
Teenager giving a gift for his father outdoors in the nature.

ކޮންމެ އިންސާނެއްގެ ވެސް ޙަޔާތުގައި އެންމެ މުހިންމު ބަޔަކީ އެމީހެއްގެ މައިންބަފައިންނެވެ. އިސްލާމް ދީނުގައި ބައްޕައަށް ވުރެ މަންމަ މާތް ކުރައްވާފައިވެއެވެ. އެހެންނަމަވެސް ތިބާގެ ޙަޔާތުގައި ތިބާގެ ބައްޕަ ވަމުން އަންނަ ޤުރުބާނީ ތިބާއަށް އެނގޭހެއްޔެވެ؟

Ads by STELCO

ތިބާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި ކެނޑިނޭޅި ދުވާލުދާ ހަތަރުދަމު ދާ އޮހޮރުވައިގެން މިންނެތް މަސައްކަތް ކުރަމުން ދާ ބަޔަކީ ލޯބިވާ ބައްޕައިންނެވެ.

ގޭގައި އެންމެން އެއްކޮށް ވަގުތު ހޭދަކުރަމުން ދާއިރުގައި ގިނަ ފަހަރަށް ތިބާގެ ބައްޕަ ނުވެސް ފެންނާނެއެވެ. ތިބާއަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށާއި، އެންމެ ކުޑަމިނުން ތިބާ ދިރިއުޅޭ ގޭގެ ކުލި ދެއްކުމަށް ޓަކައި ބުރަ މަސައްކަތް ކުރުމުގައި އުޅެންޖެހުމުގެ ސަބަބުން ގެއަށް އަންނަން ވަގުތު ނުވަނީއެވެ. ވަގުތު ހޭދަ ކުރަން ބޭނުން ނުވަނީ އެއްނޫނެވެ. ތިބާއާއި ތިބާގެ އާއިލާގެ ހިތްހަމަ ޖެހުމަށްޓަކައި މަސައްކަތް ކުރުމަށްޓަކައި މަސައްކަތުގައި މަޑުކުރަން ޖެހެނީއެވެ.

ކޮންމެ މީހަކީވެސް ވަރުބަލި ވާނޭ މީހެކެވެ. ހަމައެފަދައިން ތިބާގެ ބައްޕަ ވެސް ވަރުބަލި ވާނެކަން ތިބާ ވިސްނާށެވެ. ތިބާ ހިތްހަމަ ނުޖެހޭ ގޮތަކަށް ކަންތައް ވެ ނުދޭތޯ އެންމެބޮޑަށް މަސައްކަތް ކުރާނެ އެކަކީ ތިބާގެ ބައްޕައެވެ. އެހެންނަމަވެސް ހިތާމައަކީ މިކުޑަކުޑަ މުޖުތަމައުގައިވެސް ބައްޕައާއި ދޭތެރޭ ރަހުމު ކުޑަކޮށް ކަންތައް ކުރަމުން ދާ މީހުން އުޅޭތީއެވެ.

ތިބާގެ އެންމެ ޅަދުވަހުން ފެށިގެންވެސް އަދާ ހަމައަށް ތިބާއަށް ހެޔޮހިތުން ޚިދުމަތް ކުރުމުގައި ދެގޮތެއްނުވެ ހުންނަނީ ތިބާގެ ބައްޕައެވެ. މިއަދު އެފަކީރު ގައިބާރު ދޫވެ ބަލިއެނދުގައި އޮންނަން ޖެހުމުން އެފަކީރަށް އަޅާނުލާ ކިތައް ދަރިން އުޅޭނެ ހެއްޔެވެ؟ އެމީހުންނަށް މިއިން އެއްވެސް ކަމެއް ނުވިސްނެނީ ބާވައެވެ.

އަބަދުވެސް ހެޔޮ އެދެމުން ނަސޭޙަތް ލާ ދިނުމަށްޓަކައި، ތިބާއާއި ދުރުގައި ހުއްޓަސް ގުޅާނެއެވެ. އެހެންނަމަވެސް ގުޅާތީ އުނދަގޫވޭ ބުނެ ހަޅޭލަވާ، ފޯނު ކަނޑާލަން ހިތުގައި އެއްވެސް ވަރަކަށް ހަމަ ރަޙުމެއް ނެތީހެއްޔެވެ؟

ނިކަމެތި އިންސާނާއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ތިބާގެ ބައްޕައާއި ދޭތެރޭ ހެޔޮކޮށް ކަންތައް ކުރާށެވެ. އެހެންނޫނީ ފަހުން އެފުރުސަތުވެސް ގެއްލިދާނެއެވެ. އަބަދުވެސް ބައްޕައަށް ޓަކައި ހެޔޮ ދުޢާ ކުރާށެވެ.

ބައްޕަ ގާތުގައި ނެތި، ބައްޕައެއްގެ ލޯބިން މަޙުރޫމު ވެފައިވާ ކިތައް މީހުން އުޅޭނެ ހެއްޔެވެ؟ ޚުދު ތިބާގެ ބައްޕަގެ ވެސް ބައްޕައެއް ހުންނާނެއެވެ. މިއަދު ގާތުގައި ނެތަސް އަބަދުވެސް ހިތުގައި ވާނެއެވެ. އަސަރު ކުރާނެއެވެ. ތިބާގެ ބައްޕަ ތިބާގެ ގާތުގައި ހުރިވަގުތު، ގެއްލިގެން ނުދަނީސް ބައްޕައާއި ދޭތެރޭ ހެޔޮކޮށް ހިތާށެވެ. އެ ބައްޕަ ވަނީ ތިބާއަށްޓަކައި ހާދަހާބޮޑު ޤުރުބާނީތަކެއް ވެފައެވެ.

ހަމަގައިމުވެސް އަހަރެން އަހަރެންގެ ބައްޕަ އާއިމެދު ފަޚުރުވެރިވަމެވެ. އެބައްޕަގެ ޤުރުބާނީއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރި ވަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!