ޚަބަރު ސަރުކާރު

27 މީހަކު ރެސްކިއު ޑައިވަރުންގެ ތަމްރީނު ފުރިހަމަކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިހާތަނަށް 27 މީހަކު ރެސްކިއު ޑައިވަރުން ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by STELCO

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފަށާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްވެރިންނަށް އަމާޒުކޮށްގެންނެވެ.

އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ގދ. މަޑަވެލީގައި ފެށި ރެސްކިއު ޑައިވަރުން ތަމްރީނު ޕްރޮގްރާމްގައި އެރަށުން 8 މީހަކު މި ތަމްރީނުތައް ފުރިހަމަ ކޮށްފައިވާއިރު، ގއ. ކޮލަމާފުށިން ފަސް މީހަކާއި، ގއ. ދާންދޫއިންވެސް ވަނީ 14 މީހަކު މި ތަމްރީންތައް ފުރިހަމަކޮށްފައެވެ.

އެހެންކަމުން މި ސަރުކާރުން ފެށި ރެސްކިއު ޑައިވަރުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ އަދަދު ވަނީ 27 އަރާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިހާރު ތަމްރީނުތައް ކުރިއަށްގެންދަނީ ގއ. ނިލަންދޫ އާއި ދާންދޫގައި ކަމަށެވެ. އަދި މި ދެ ރަށުން 11 މީހުން ދަނީ މި މި ތަމްރީނުތައް ފުރިހަމަ ކުރަމުން ކަމަށް އެ ވުޒާރާއިން މައުލޫމާތުއެވެ.

މިއީ މަސްވެރިން އެންހިފުމަށް ވައި ފުޅިއަޅައިގެން ފީނާއިރު ދިމާވާ އެކިކަހަލަ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތެއް އަތުވައްޖެނަމަ ކުއްލި ފަރުވާ ދެވޭނެ ގޮތް އެނގޭނެ މީހަކު ދޯނިގައި ބެހެއްޓުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްތައް ސަރުކާރުން ކުރިއަށް ގެންދަނީ ޑައިވް ކުރުމުގެ ދާއިރާއިން ތަމްރީން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!