ޚަބަރު އިޖުތިމާޢީ

މާލޭގައި ޤާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
އިސްރަށްވެހިން

މާލޭގައި ޤާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވަން ހަމަޖެހިއްޖެއެވެ.

Ads by STELCO

އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން މާލޭގައި ޤާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތު 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ މަޝްރޫއު އަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތްކަން ފާހަގަކޮށްލެވެއެވެ.
މި މަރުކަޒު ގާއިމުކޮށްފައި ވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައިއެވެ.

ކުލަގަދަ ހަފްލާއަކާއި އެކު މި މަރުކަޒު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!