ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލޭ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ހައިވޭގައި ސޯލާ ޕެނަލްތަކެއް ހަރުކުރުމަށް ޖަަހާފައި ހުންނަ ހޮޅިތަކުގައި ޖެހި އެެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 08:45 ހާއިރުއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.