Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ފަރެސްމާތޮޑާ ކައުންސިލުގެ ދިގު ލިސްޓެއް ރައީސަށް

ފަރެސްމާތޮޑާ ކައުންސިލުގެ ދިގު ލިސްޓެއް ރައީސަށް

ފަރެސްމަތޮޑާ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް އެ ރަށު ކައުންސިލުން ރައީސް ޑރ މުހައްމަދު މުއިއްޒާ ހިއްސާކުރައްވައިފިއެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މިއަދު ފަރެސްމަތޮޑާ އަށް ވަޑައިގެން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކައުންސިލުގެ އިދާރާގައެވެ.

https://twitter.com/presidencymv/status/1759821675581829621

Advertisement
Allied — Dhen Online (box)

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިންހިއްކުމަށްފަހު އެތަނުގައި ހައުސިން ޔުނިޓުތައް ހެދުމުގެ މުހިންމުކަމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި، އަދި ރަނގަޅު ފެންވަރަށް މަގުތައް ހަދަން ބޭނުންވާކަމަށާއި، ޖާގަ ބޮޑު ހުކުރު މިސްކިތެއްގެ މުހިންމުކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، އަދި މިނޫންވެސް ރަށުގެ އިގުތިސާދީ އިޖުތިމާއީ ތަރައްގީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އތމ ކޮމިޓީން ވަނީ އެރަށަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި، އެރަށަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ މުހިންމުކަމާއި ގިނަ ޓެސްޓުތަކެއް ހެދޭގޮތަށް ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ރައީސސް ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަށް ހަދިޔާކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް