ޚަބަރު ސަރުކާރު ސިޔާސީ

ކުރިއަށްދާނީ ރައްޔިތުންގެ ބޭނުންވާ ގޮތަށް: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މި ސަރުކާރުން ބޭނުންވާ ގޮތަކީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ކިބައިން އޮޅުންފިލުވައިގެން، ރައްޔިތުން އެދޭ ގޮތަށް، އެ އަމާޒަށް މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ގދ. މަޑަވެލި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޑަވެލީ ކައުންސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި، މަޑަވެލީގެ ތަރައްޤީއަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން ކައުންސިލުން ހިއްސާ ކުރައްވާފައިވާކަން ފާހަގަކުރައްވައި، އެކަންކަން ހާސިލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ޤައުމީ މައްސަލަތައް ނަގާފައި، ދެން އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަމުގެ ސިޔާސަތު ހާސިލުކުރުން ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން މަޑަވެލީގެ ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ދުރު ރާސްތާގައިވެސް ރަށަށް ފައިދާވާގޮތަށް ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެ މަނިކުފާނު ވަނީ ރައްޔިތުން ބޭނުންވާ ފެންވަރުގެ ބަނދަރެއް މި ސަރުކާރުން ހައްދަވާދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

މަޑަވެލި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޭރުގެ ފަރާތްތަކަށް 120 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމާއި، އިތުރު ނުވަ ބިލިއަން ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ދަރާފައި އޮތްކަން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މި ދަތިތަކާއެކުވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، ނަތީޖާ ނެރެ، ޤައުމުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް މި ސަރުކާރުން ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!