ޚަބަރު އިޖުތިމާޢީ ސަރުކާރު

މާވަޑިކަމަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކުރެވިފައިވާ މަސައްކަތަކަށް ހަދައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ދޯނި

މާވަޑިކަމަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކުރެވިފައިވާ މަސައްކަތަކަށް ހަދައިފިއެވެ.

Ads by Sosun Fihaara

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދިވެހިންނަކީ މާވަޑިކަމަށް ފަރިތަ ބައެއް ކަމަށެވެ. އަދި މިހާރު ސަރުކާރުގެ އަމާޒަކީ މި ހުނަރުތައް އާލާކޮށް، އަލުން ދިރުވާ މާސްޓަރ ބޯޓް ބިލްޑަރުން ތަމްރީނުކޮށް، މިކަމާ ގުޅޭ މަޝްރޫއުތަކުގައި ދިވެހިންނަށް އިސްކަންދިނުންކަމަށެވެ.

މި އުސޫލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގެ ދަށުން ކަނޑައެޅިފައިވާ އުސޫލެކެވެ.

މިފަދަ މަސައްކަތްތައް ކުންފުނި ތަކާއި ހަވާލުކުރާއިރު ދިވެހި ކުންފުނިތަކަށް ހާއްސަ އިސްކަމެއް ދިނުމަށް މި އުސޫލުގެ ދަށުން ވަނީ ނިންމާފައިއެވެ.

އަދި މި ދާއިރާގެ ބައެއް މަސައްކަތްތަކަށް ބައެއް ލައިސެންސު ދޫކުރުމަށް ވެސް ވަނީ ނިންމާފައިއެވެ.

މީގެ އިތުރުން މިފަދަ މަސައްކަތް ކުރުމަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓި އަލުން މުރާޖާ ކުރަންވެސް ވަނީ ނިންމާފައިކަމަށް އެ ޕޯށްޓުގައި ވަނީ ބުނެފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!